ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާވަށު ގެއަކުން ކަރަންޓު ކަނޑާލީ އުސޫލާއި އެއްގޮތަށް: ފެނަކަ

ފެނަކަ އެމްޑީ އަހުމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ލ. މާވަށު ”އާފަރު“ ގޯތިން ކަރަންޓް ކަނޑާލާފައި ވަނީ އެ ކޯޕަރޭޝަންގެ ގަވައިދު ތަކާއި އުސޫލު ތަކާއި އެކު ކަމަށް ފެނަކަ ކޯޕަރޭޝަން އިން މިއަދު ބުނެފިއެވެ.

ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެކުންފުނިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާ ޚިލާފުވެ، ހޯދާފައިވާ ކަރަންޓުގެ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ދެވުނު ފުރުޞަތުތަކުގައި ވެސް ފައިސާ ނުދައްކައި، ދެވުނު އެންމެ ފަހު ފުރުޞަތު 03 އޮކްޓޯބަރ 2021 ގެ ނިޔަލަށް ހަމަވެފައިވާތީ، ޢާންމުކޮށް ޢަމަލު ކުރުމަށް ކަނޑައަޅާފައިވާ އުޞޫލުގެ ތެރެއިން، އަޙްމަދު މޫސާ ގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ލ.މާވަށު “އާފަރު” އެވެ ކިޔާ ގޯތީގައި ހުރި ޢިމާރާތްތަކަށް ދެވިފައިވާ ކަރަންޓުގެ ޚިދުމަތް ވަނީ 04 އޮކްޓޯބަރ 2021 ވަނަ ދުވަހު ވަގުތީގޮތުން ކަނޑާލެވިފައިވާ ކަމަށެވެ.

މިއާއި އެކު ގޯތީގެ ވެރިފަރާތުން، އެކުންފުނިން ހޯދާފައިވާ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމަށް ޝަރުޢީ ކޯޓެއް މެދުވެރިކޮށް، ވަގުތީ ޢަމުރެއްގެ ދަށުން ދާއިމީ ފަރުވާއެއް ލިބޭނެ ޤާނޫނީ ބަހަނާއެއް ހޯދުމުގެ ބޭނުމުގައި، ލ.މާވަށުމެޖިސްޓރޭޓް ކޯޓަށް ހުށަހެޅި މައްސަލަ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު: 2015/SC-SJ/06 (25 ޖޫން 2015) “ރިޓް އޮފް ޕްރޮހިބިޝަން” އަށް ޙަވާލާދެއްވައި، 06 އޮކްޓޯބަރ 2021 ވަނަ ދުވަހު އެކޯޓުން ނިންމަވައި ޙުކުމް ކުރައްވާފައިވާތީ، ވަގުތީގޮތުން ޚިދުމަތް ކަނޑާލި ކަނޑާލުމާމެދު މިވަގުތަށް ޤާނޫނީ ބަޙުޘެއް އުފެދިފައި ނުވާކަން ފާހަގަކުރާ ކަމަށްވެސް ފެނަކައިގެ ބަޔާނުގައި ބުނެފައިވެއެވެ.

ފެނަކައިންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަކީ އެއްވެސް ފަރާތެއް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ލާޒިމްކުރާ ޚިދުމަތްތަކަކަށް ވެފައި، ޚިދުމަތް ލިބިގަތުމަށް އޮންނަ އުޞޫލުތަކާ ޚިލާފުވެގެން ޢާންމު ފަރުދުން ދިރިއުޅޭ ގެތަކުން ވެސް ކަރަންޓުގެ ޚިދުމަތް ވަގުތީގޮތުން ކަނޑާލުމަކީ އަބަދުވެސް ޢަމަލުކުރަމުންދާ، ޤާނޫނީގޮތުން ވެސް މި ކުންފުންޏަށް ބާރުލިބިދީފައިވާ އުޞޫލެއްކަމަށް ވީހިނދު، ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަން ގެއްލޭ ފަދަ ގޮތަކަށް، ރަސްމީ ޙައިސިއްޔަތު ބޭނުން ކުރައްވައިގެން އަމިއްލަ މަޞްލަޙަތު ކުރިއަށް ނެރުއްވައި، ރަށުކައުންސިލްގެ ރައީސް މަޢުލޫމާތު ޙިއްސާކޮށްފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވުމަކީ މި ކުންފުނިން ނުހަނު ކަންބޮޑުވާ ކަމެށްކަމަށެވެ

އަދި އެ ކުންފުންޏަށް ނިސްބަތްކޮށް ވަކިފަރާތަކުން ދައްކާ ވާހަކައަކާމެދު ކުންފުނީގެ ބަހެއް ހޯދުމަށްފަހު، ހަމަހަމަކަމާއެކު ކަމުގެ ދެފަރާތް ރައްޔިތުންނަށް ސާފުވާގޮތަށް ޚަބަރު ފެތުރުމަކީ މިނިވަން ނޫސްވެރިކަމުގެ އެންމެ އަސާސީ ސިފަ ކަމަށް ވީއިރު، އެ ޚަބަރު ފެތުރި މީޑިއާތަކުން އެއާ ޚިލާފަށް ޢަމަލުކޮށްފައިވުމަކީ ޒިންމާދާރުކަމެއް ނެތް ކަމެއް ކަމުގައި ވެސް އެކުންފުނިން ދެކޭކަމަށެވެ.

ފެނަކައިގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ޚިދުމަތް ހޯއްދަވާ ފަރާތްތަކާއެކު އެއްބަސްވެވޭ ވަކި ހަމަތަކަކާއި އުޞޫލުތަކެއްގެ ތެރެއިން ދެވޭ ޚިދުމަތްތަކެއް ކަމަށް ވީއިރު، އުޞޫލުން ބޭރުން ނުވަތަ ނުޙައްޤުން، އެއްވެސް ފަރާތަކަށް ދީފައިވާ ޚިދުމަތެއް ކަނޑާލުމަކީ މި ކުންފުނިން ކުރާނެ ކަމެއް ނޫންކަމުގައި މި ފުރުޞަތުގައި އެންމެހައި ކަސްޓަމަރުންނަށް ޔަޤީންކޮށް އަރުވާކަމަށާއި އަދި ދެވޭ ޚިދުމަތްތަކަކީ ހުރިހާ ފަރާތްތަކަށް އެއްއުޞޫލަކުން ޢަމަލުކުރެވިގެން ދެވޭ ޚިދުމަތްތަކަކަށް ވެފައި، ޚިދުމަތްތައް ދެމެހެއްޓެނިވިގޮތެއްގައި ފޯރުކޮށްދެވޭނީ، އެއްބަސްވެވިފައިވާ އުޞޫލުތަކާއެއްގޮތަށް ހުރިހާ ފަރާތްތަކުންވެސް ޢަމަލުކުރައްވައިގެން ކަމަށް ވީހިނދު، ޚިދުމަތް ލިބިގަންނަ ހުރިހާ ފަރާތްތަކުންވެސް، ކަނޑައަޅައި އެއްބަސްވެވިފައިވާ އުޞޫލުތަކާއެއްގޮތަށް ޢަމަލުކުރެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 10%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: