ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުމީ ބަދަލުތަކަކީ ރާއްޖެއަށް އޮތް ނުރައްކަލެއް: ޝައުނާ

ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުމީ ބަދަލުތަކަކީ ރާއްޖެ ދެމިއޮތުމާއި ނެތިދިއުމަށް އޮތް ނުރައްކަލެއްކަމަށް އެންވަރަންމެންޓް މިނިސްޓަރ، އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ކޮޕް26 ގައި ބައިވެރިވަޑައިގެނ،ް ދެއްވި އިންޓެވިއުއެއްގައި ޝައުނާ ފާހަގަ ކޮށްފައިވަނީ މި އެކްސްޕޯ ގައި ބައިވެރިވުމަކީ ރާއްޖެއަށް އޮތް ތިމާވެށީގެ ނުރައްކާތަކާއި މެދު ކަނބޮޑު ވުން ފާޅުކުރަން ލިބޭ ފުރުސަތެއް ކަމުގައެވެ. ހަމަ އެއާއިއެކު، ކޮޕް26 ގެ އުއްމީދުތަކާއި ރާއްޖެ ފަދަ ގައުމަތަކަށް މޫސުމީ ބަދަލުތަލުގެ ސަބަބުން ދިމާވާ މައްސަލަތަކާއި މެދު އަޑު އުފުލަން ލިބޭ ފުރުސަތެއް ކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކުގެ ނުރައްކާ އާ މެދު ވިސްނަން ޖެހޭ ކަމަށް ފާހަގަ ކުރަމުން ޝައުނާ ވިދާޅުވީ ޖައްވަށް ބޭރުވާ ގޭސް މަދުކުރަން ޖެހޭ ކަމަށާއި ތިމާވެށީގެ ނުރައްކާތަކާއި ދިމާވެފައިވާ ގައުމުތަކަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ޝައުނާ ވަނީ ގޮވަލާފައެވެ.

މީގެ އިތުރުން އުފެއްދުންތެރިގޮތަކަށް މިފަދަ މައްސަލަތަށް ކުރިމަތި ލަމުން ދާ ގައުމުތަކަށް އެހީތެރިކަން ދީ މައްސަލަތައް ހައްލުކުރުމަށް ދޮރުތައް ހުޅުވާލަންޖެހޭ ކަމަށް ވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިއަދު މިފަދަ މައްސަލަތަކަށް ހައްލު ކުރުމަށް އަމަލު ނުކުރެވިއްޖެނަމަ ގައުމުތަކަށް ނެތިދިއުމުގެ ބިޮރު އޮތްކަމަށް ވެސް ވިދާޅުވިއެެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް ނައްތާލުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރެ އެވެ. އަދި ޖައްވަ ދޫކުރާ ވިހަ ގޭސްތައް މަދު ކުރުމަށް ބާރު އަޅަންޖެހޭކަން ބައިނަލްއަގުވާމީ އެކި ބައްދަލުވުންތަކުގައި ފާހަގަ ކުރެ އެވެ. އެގޮތުން ދާދިފަހުން ބެއްވި އދ. ގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ބޮޑަށް އަލިއަޅުއްވާލެއްވި އެއް ކަމަކީ އެއީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: