ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮނޑޭގައި މިސްކިތެއް އިމާރާތްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގއ.ކޮނޑޭގައި މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު މިއަދު މިނިސްޓްރީން އޮފް އިސްލާމިކް އެފެއާޒްއިން ސޮއިކޮށްފިއެވެ.

އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ކުންފިނީގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލާ މުރުޝިދާ އަލިމަނެކެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކޮސްފައިވަނީ މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މި މިސްކިތަށް ދައުލަތުގެ ބަޖެޓުން 7.6 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެހެން މިސްކިތްތަކާއި ޚިލާފަށް މި މިސްކިތަކީ ޒަމާނީ ޑިޒައިނަށް ހަދާފައިވާ މިސްކިތެކެވެ. މިސްކިތް ޑިޒައިން ކޮށްފައިވަނީ އެތެރޭގައި އެއްވެސް ތަނބެއް ނުހުންނަ ގޮތަށެވެ. މިއީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: