ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިޕީ ސެކިއުރިޓީއަށް ލަފާ ހޯދަން އެމެރިކާގެ ކޮންސަލްޓަންޓެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ވީއައިީޕީ ފެންވަރުގައި ސެކިއުޓީ ދޭން ޖެހޭ ބޭފުޅުނަށް ދެމުންދާ ސެކިއުރިޓީ ހިދުމަތް ވިލަރެސް ކުރުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެމެރިކާގެ ވީ.އައި.ޕީ ސެކިއުރިޓީ ކޮންސަލްޓަންޓެއް ރާއްޖެ ވަޑައިގެންފި އެވެ.

ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގައި ވީއައިޕީއިންނަށް ދޭ ސެކިއުރިޓީ ހިދުމަތްތައް ވިލަރެސް ކުރުމުގައި ފަންނީ އެހީތެރިކަން ހޯދުމަށް ގެނެސްފައި ވަނީ ސެކިއުރިޓީ ކޮންސަލްޓަންޓް ޝީމަސް މިއުލާއެވެ. ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވަނީ އޭނާއާ ބައްދަލުކުރައްވައިފައެވެ. ދައުލަތުގެ އިސްވެރިންނަށް ސެކިއުރިޓީ ދެނީ އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އިންނެވެ.

އަދި މިއުލާ މާލެ ވަޑައިގެން އުޅުއްވަނީ އެމްއެންޑީއެފް އިން ވީއައިޕީންނަށް ދޭ ސެކިއުރިޓީ ހިދުމަތްތައް ވިލަރެސް ކުރުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

ސިފައިން، ވީއައިޕީންއަށް ފޯރުކޮށްދޭ ސެކިއުރިޓީއާ ދޭތެރޭ ބަހުސެއް އުފެދި ސެކިއުރިޓީ ހަރުދަނާ ކުރުމުގެ މަސައްކަތް ފެށީ މެއި ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ވަރުގަދަ ޓެރަރިސްޓް ހަމަލާއެއް ދިނުމުންނެވެ.

ސައިކަލެއްގެ މަޑިދަށުގައި އޮތް އައިއީޑީއެއް ގޮވާލައިގެން ނަޝީދުގެ ފުރާނަފުޅަށް ނުރައްކާވާ ވަރުގެ ހަމަލާއެއް ވަނީ ދީފައެވެ. އެ ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ޒަހަމުތަކެއް ލިބިވަޑައިގަތެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުން ފަސް މަސް ދުވަހު ފަރުވާ ހޯއްދެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: