ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޓީ ކައުންސިލުން ބާއްވާ އެއްވެސް މިއުޒިކް ޝޯއެއް ނޯންނާނެ: މުއިއްޒު

ޝެއާރކޮށްލާ ކަހަލަދޯ؟

ސިޓީ ކައުންސިލުން އިސްނަގައިގެން ބާއްވާ އެއްވެސް މިއުޒިކް ޝޯއެއް ނޯންނާނެ ކަމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާގެ މެޗުގެ ފޯރި ނަގާލައި، ގިނަ ބަޔަކު ބައިވެރިކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޔޫތު މިނިސްޓްރީއާއި އުރީދޫގެ އިތުރުން އެފްއޭއެމް ގުޅިގެން މާދަމާ ހަވީރުން ފެށިގެން ކާނިވާ ސަރަހައްދުގައި މެޗު ބެލުމާއެކު މިއުޒިކް ޝޯ ގެންދަން ވަނީ ރާވާފައެވެ. އަދި މާދަމާގެ މެޗުން ރާއްޖެ މޮޅުވެއްޖެނަމަ ފައިނަލް މެޗާ ހަމަޔަށް ކޮންމެ ރެޔަކު މިއުޒިކް ޝޯ އޮންނާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

މަހްލޫފްގެ ޓްވީޓާއި ގުޅިގެން ބައެއް ދީނީ އިލްމުވެރިން ފާޑުވިދާޅުވަމުން ދިއުމާ ގުޅިގެން މޭޔަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ބާއްވާ އެއްވެސް މިއުޒިކް ޝޯއެއް ނޯންނާނެ ކަމަށެވެ.

“ސިޓީ ކައުންސިލުން އިސްނަގައިގެން ރޭވީ ދަނޑަށް ނުވަދެވޭ ފަރާތްތަކަށް އެއްތަނެއްގައި ތިބެގެން މެޗް ބަލާލާނެ އިންތިޒާމެއް.” މުއިއްޒު ވިދާޅުވިއެވެ.

ކޮންމެ ރެޔަކު މިއުޒިކް ޝޯ ބާއްވާތީ އެކަމާ ދެކޮޅު ހަދަމުންދާ ރައްޔިތުން އަންނަނީ މިއީ ރައްޔިތުންގެ ފައިސާ އިސްރާފު ކުރުމަށް ކުރާ ކަމެއް ކަމަށް ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: