ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތް ތެރެއަށް ކުޑަކަމުދިޔަ މީހާގެ ބަންދަށް އިތުރު 10 ދުވަސް

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އޮފީހުގެ ގޭޓު ކުރިމައްޗަށާއި ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒު ތެރެއަށް ކުޑަކަމުދިޔަ މީހަަގެ ބަންދަށް އިތުރު 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

ދެ މިސްކިތަކަށާއި، ރައީސް އޮފީސް ދޮރުމައްޗަށް ކުޑަކަމުދިޔަ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. ޝޭޑީހޯމް، ހަސަން ޒިޔާދު، 40 އެވެ.

އޭނާގެ ބަންދަށް އިއްޔަ ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ދީފައެވެ.

އެގޮތުން ބަންދު މަޖިލީހުގައި ފުލުހުން ބުނެފައިވަނީ އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައުއަށް ނުރައްކަލެއް އޮވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ފަރާތުން އޭނާއަށް ވެސް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ. އެހެންކަމުން ޝަރުތުތަކަކާ އެކުވެސް އޭނާ ބަންދުން ދޫކޮށްލުމަށް ދެކޮޅު ހަދާފައިވެއެވެ.

މީގެއިތުރުން ފުލުހުން ބުނެފައިވަނީ އޭނާގެ އާއިލާގެ ފަރާތުން ވެސް އޭނާއަށް އެއްބާރުލުން ދޭން ބޭނުން ނުވާ ކަމަށާއި އޭނާގެ ނަފްސާނީ ބައްޔެއް ހުރިތޯ ބެލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: