ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްގެ އިހުތިސޯސުން ބިން ނަގާނަމަ ބަދަލުދޭ އުސޫލު އާންމުކޮށްފި

އެލްޖީއޭގެ ބޯޑު ބައްދަލުވުމެއް—
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށްރަށުގެ ކައުންސިލިންތަކުގެ އިހުތިސޯސުގައި ހިމެނޭ ބިމާއި މުދާ އަދި އިމާރާތްތައް ސަރުކާރުގެ އެއްވެސް އިދާރާއެއްގެ ބޭނުމަށް ނަގާނަމަ، އެތަނަކާއި މުދަލަކަށް ކައުންސިލުން ކޮށްފައިވާ ހަރަދަށް ބަދަލު ދޭންޖެހޭ އުސޫލެއް ލޯކަލް ގަވަންމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކޮށްފި އެވެ.

އެލްޖީއޭއިން ގެޒެޓުގައި އާންމުކުރި “ކައުންސިލްތަކުން ކޮށްފައިވާ އިންވެސްޓްމަންޓުތަކަށް ބަދަލު ނަގައިދިނުމާ ގުޅޭ އުސޫލުގައިވާ ގޮތުން މައި ސަރުކާރުގެ ބޭނުމަށް ސިޓީ ކައުންސިލެއް ނޫނީ ރަށު ކައުންސިލެއް ނޫނީ އަތޮޅު ކައުންސިލެއްގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ތަނެއް ނޫނީ މުދަލެއް ނަގާނަމަ އެކަށީގެންވާ ބަދަލެއް ދޭން ޖެހޭނެ އެވެ. ކައުންސިލުގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ މުދަލެއް ނޫނީ ތަނެއް ގައުމީ އިދާރާއެއްގެ ބޭނުމަށް ނެގޭނީ ދެ ފަރާތުގެ ދެމެދުގައި އެކަމަށް އެއްބަސްވެގެންނެވެ.

އެއްބަސްވުމުގައި ކައުންސިލަށް ލިބެން ޖެހޭ ބަދަލާއި، އެ ފައިސާ ލިބެން ޖެހޭ މުއްދަތާއި، ފައިސާ އަދާ ކުރާނެ ގޮތުގެ ތަފުސީލުތައް އޮންނަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އުސޫލުގައި ބުނެފައި ވަނީ ބަދަލުގެ އަދަދު ކަނޑައަޅަނީ ސަރުކާރުގެ އިދާރާ އާއި ކައުންސިލުން އެއްބަސްވާ މިނިވަން އޮޓިޑަރަކު މުދަލުގެ އަގުކުރުމަށް ފަހުގައި ކަމަށާއި އަގުކޮށް ނިމުމުން އުސޫލުގައި ބަޔާންކުރާ ތިން ގޮތުގެ ތެރެއިން ކޮންމެވެސް އެއް ގޮތަކަށް އަގު ކަނޑައަޅައިގެން ބަދަލު ދޭން އެއްބަސްވާނެ ޖެހޭނެ ކަމަށެވެ.

ބަދަލުގެ ގޮތުގައި އަގު ކަނޑައެޅޭ ގޮތް:

  1. ކައުންސިލުން ކޮށްފައިވާ އިންވެސްޓްމަންޓް އަގު
  2. ނަގާ ތަން ނުވަތަ މުދަލުގެ ބަދަލުގައި އެފަދަ ތަނެއް އަޅަން ނޫނީ މުދަލެއް ހޯދަން ހިނގާ ހަރަދު
  3. ބާޒާރުގެ އަގު

ކައުންސިލާއި ސަރުކާރުގެ އިދާރާއަކާ ދެމެދު އެއްބަސްވުމަކަށް ނާދެވިއްޖެ ހާލަތެއްގައި އެ މައްސަލައިގައި މަޝްވަރާކޮށްގެން ގޮތް ނިންމާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކޮށްގެން އެއްބަސްވުމަކަށް ނާދެވިއްޖެ ހިނދެއްގައި މައްސަލަ ކޯޓަށް ވެސް ހުށަހެޅެމުގެ އިހުތިޔާރު ލިބިގެންވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: