ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ބޯހިޔާވަހިކަމަށް ކުރަންޖެހޭ ޚަރަދު މިކުރަނީ ރައީސް ނަޝީދަށް: ޖަމީލް

ރައީސް ނަޝީދު އަދި ޑރ.ޖަމީލު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ބޯހިޔާވަހިކަމަށް ކުރަންޖެހޭ ޚަރަދު މިކުރަނީ ރައީސް މުހައްމަދު ނަޝީދަށް ކަމަށް ވިދާޅުވެ ކުރީގެ ނައިބް ރައީސް މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެެއްޖެއެވެ.

މިދިޔަ މޭ މަހުގެ ހަވަނަ ދުވަހުރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ބޭސްފަރުވާ އަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ނަޝީދު ވަނީ މިދިޔަ ހޯމަ ދުވަހު ރާއްޖެ ވަޑައިގެންފައެވެ. ރާއްޖެ ވަޑައިގެން ނަޝީދު ހުންނަވަނީ ހޮޓެލް ޖެންގައެވެ. މި ހަރަދުތައް ކުރައްވަނީ ސަރުކާރުންނެވެ.

މިކަމާ ގުޅިގެން ޖަމީލު މިއަދު ވިދާޅުވީ އެތައް ހާސް ރައްޔިތުންނެއްގެ ބޯހިޔާވަހިކަމަށް ކުރަންޖެހޭ ޚަރަދު މިކުރަނީ ރައީސް ނަޝީދުގެ ގަނޑުވަރުކޮޅާއި ހޮޓަލާއި ސެކިއުރިޓީއަށް ކަމަށެވެ.

”ރައްޔިތުންނަށް ބަލަދުއެރީތޯ؟ މަނިކުފާނަކީ މިއަދު ރައްޔިތުންނަށް ބޮޑު ބުރައަކަށްވެއްޖެ. ރިޓަޔަރ ކުރެއްވުމަށްފަހު ތިނޫން ގޮތެއް ހޯއްދަވާ.” ޖަމީލު ވިދާޅުވިއެވެ.

އިއްޔެ މަޖިލީހުގެ އިދާރާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ހޮޓެލް ޖެންގައި އެމަނިކުފާނު މިވަގުތު ހުންނަވަނީ ސަރުކާރުން ހަމަޖައްސައިދެއްވާ ގެކޮޅުގެ މަސައްކަތް ނިމެންދެން ކަމަށާއި އެތަނުގައި ހުންނެވުމުގެ ކަންކަން ހަމަޖައްސާފައިވަނީ ސަރުކާރުން ކަމަށެވެ.

“އަޅުގަނޑުގެ ގެއެއް ހުރޭ. އަޅުގަނޑު ވަރަށް އެދޭ އެގޭގައި އަޅުގަނޑަށް ހުރެވޭ ގޮތް ވުން. އެހެން ނަމަވެސް އެމްއެންޑީއެފަކުން މިހާރަކު އެ ޖާގަ ދޭކަށް ތައްޔާރަކަށް ނޫން ތިބީކީއެއް” ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނު ވަކިން ތަނެއްގައި ބެހެއްޓުން އެއީ ސަލާމަތްތެރިކަން ބޮޑު ގޮތެއްގެ ގޮތުގައި އެމްއެންޑީއެފުން ދެކޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: