ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

11 އަހަރުގެ ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ މައްސަލަތަކާއި ދެކޮޅަށް މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އުތުރުގެ ރަށެއްގައި 11 އަހަރުގެ ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން އިއްޔެ ބުނީ ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭ އުތުރު ޕޮލިސް ޑިވިޜަން ގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު، 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް ފުލުހުން ބަލަމުން ގެންދާ ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެރޭ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ އެ މައްސަލާގައި 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: