ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

100 ކިލޯ ޑްރަގްސް މައްސަލާގައި ދޫކޮށްލި ދެ މީހުންގެ މައްސަލަ އިސްތިއުނާފު ނުކުރަން ނިންމައިފި

އަތުލައިގެންފައިވާ މަސްތުވާތަކެތި/ ފޮޓޯ- ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އެތެރެކުރި 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ބޮޑުން ކަަމަށް ފުލުހުން ތުހުމަތު ކުރާ ދެ މީހުންގެ މައްސަލަ އިސްތިއުނާފް ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

ޕީޖީން ބުނެފައިވަނި އެ ނިންމުން ނިންމާފައިވަނީ ހައިކޯޓު މަރުޙަލާގައި އިތުރު ހެކި ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެތީއާއި، ދަށުކޯޓަށް ހުށަހެޅުނު ހެކި ޤަރީނާގެ މައްޗަށް ބަލައި ބަންދުން ދޫކޮށްލި އަމުރު އިސްތިއުނާފު ކޮށްގެން ވަކި ތަފާތު ނަތީޖާއެއް ނެރެވިދާނެކަމަށް ނުފެންނާތީ ކަމަށެވެ.

އަދި މި ދެމީހުންގެ މައްޗަށް އިތުރު ހެކި ޤަރީނާ ހޯދިއްޖެނަމަ ހައްޔަރުކުރުމުގެ އައު އަމުރަކަށް އެދި ދަށުކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެތީކަމަށްވެސް ޕީޖީން ބުނެފައިވެއެވެ.

މިދިޔަ ބުދަ ދުވަހު ރާއްޖެއަށް 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ތުހުމަތުކުރާ ދެ މީހުންގެ ވަނަވަރު ސިއްރުކޮށް، ބާކީ ތިބި އަށް މީހުންގެ މައުލޫމާތު ފުލުހުންވަނީ ހާމަކޮށްފައެވެ.

100 ކިލޯ ޑްރަގްސް އަތުލައިގަތް މައްސަައިގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން ދެ މީހަކު ކޯޓުން ދޫކޮށްލިއިރު އަނެއް އަށް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދަށް 15 ދުވަސް ތިން މީހެއްގެ ބަންދަށް 10 ދުވަސް އަދި އެކަކަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި މިހާރު ބަންދުގައި ތިބީ، ދޭލިޔާގެ / ގއ. ދެއްވަދޫ މިދުހަތު އިބްރާހިމް، ބީޗްހެވެން / ނ. ވެލިދޫ ޖުމާން މުސްތަފާ، ސޯސަންގެ / ގއ. ކޮލަމާފުށި އިބްރާހިމް ޒައިދު ހަބީބް، ޖަނަވަރީމާގެ / ލ. ކަލައިދޫ މުހައްމަދު އަހުމަދު، ޝިއާފުރެންޑް / ހދ. މަކުނުދޫ އިބްރާހިމް ސިނާނު، ޕޮލަރިސް / ދ. ބަނޑިދު މުހައްމަދު ހުސައިން، އެމްޑީ ރަފީޤުލް އިސްލާމް އަދި ޑީއެމް މޮބިންއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: