ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާގެ އަގު ހެދުމުގައި ކުރީ ސަރުކާރުން ގެންގުޅުނީ ނުބައި އުސޫލެއް, ބިލިއަނުން ގެއްލުންވާނެ: އޮޑިޓް

ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓުތަކުގެ އަގު ހެދުމުގައި ކުރީ ސަރުކާރުން ބޭނުންކޮށްފައިވަނީ ނުބައި އުސޫލެއް ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

ހިޔާ ފްލެޓުތަކުގެ ޔުނިޓަކަށް ދައްކަންޖެހޭ ޖުމްލަ އަގާއި މަހުން މަހަށް ދައްކަންޖެހޭ އަގުތަކާއި ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ރިޕޯޓުގައި ވަނީ 2018 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓްރީއިން ހިސާބު ޖަހާފައިވާ ގޮތާއި މިއަހަރުގެ ތެރޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި މިހާރުގެ ސިޓީ ކައުންސިލުން ހިޔާ ފްލެޓުތަކުގެ އަގު ހެދުމުގައި އަމަލުކޮށްފައިވާ ގޮތްތަކުގެ ތަފާތު ބަޔާންކޮށްފައެވެ.

އޮޑިޓަތ ޖެނެރަލް ހުސެއިން ނިޔާޒީ ސޮއިކުރައްވައި އާންމުކޮށްފައިވާ އޮޑިޓް ރިޕޯޓުގައި މަޝްރޫއު ހިންގުމަށް ސަރުކާރުން ނަގާފައިވާ ލޯނުތަކާއި، ލޯނުތަކަށް ފިނޭންސް މިނިސްޓްރީއިން ފައިނޭންސްކޮށްފައިވާ މިންވަރާއި، ހިސާބު ހެދުމުގައި ތިން ފަރާތުންވެސް ބޭނުންކޮށްފައިވާ އަގުތަކާއި އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ. ތިން ފަރާތުންވެސް ހިސާބު ހެދުމުގައި ތަފާތު އުސޫލުތަކާއި ތަފާތު އަގުތަކެއް ބޭނުންކޮށްފައިވާއިރު، މިފަދަ އެތައް ކަމެއް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން، މާލެ ސިޓީ ކައުންސިލުން ތައްޔާރުކޮށްފައިވާ ހިސާބުގައި ހިމަނާފައިވާ ބިމުގެ އަގާއި އަދި 2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ތައްޔާރުކޮށްފައިވާ ހިސާބުގައި ހިމަނާފައިވާ ބިމުގެ އަގާއި، 2021 ވަނަ އަހަރު އެޗް.ޑީ.ސީ އިން ތައްޔާރުކޮށްފައިވާ ހިސާބުގައި ހިމަނާފައިވާ ބިމުގެ އަގުގައި ބޮޑު ތަފާތެއް ހުރިކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ހިސާބު ހެދިއިރު، ކުރީ ސަރުކާރުން ބިމުގެ އަގުގެ ގޮތުގައި 700،000،000 (ހަތްސަތޭކަ މިލިއަން ރުފިޔާ)އިން ހިސާބު ހަދާފައިވާއިރު، މިއަހަރުގެ ތެރޭގައި އެޗްޑީސީއިން އަގު ހެދިއިރު ބިމުގެ އަގުގެ ގޮތުގައި ބަލާފައި ވަނީ 393،991،994 (ތިންސަތޭކަ ނުވަދިހަތިން މިލިއަން ނުވަސަތޭކަ ނުވަދިހަ އެއްހާސް ނުވަސަތޭކަ ނުވަދިހަ ހަތަރު)ރުފިޔާއެވެ. އަދި މާލެ ސިޓީ ކައުންސިލުން މިއަހަރު ހަދާފައިވާ ހިސާބުތަކުގައި ބިމުގެ އަގުގެ ގޮތުގައި ބޭނުންކޮށްފައިވަނީ 258،823،529 (ދުއިސައްތަ ފަންސާސްއަށް މިލިއަން އަށްސަތޭކަ ތޭވީސްހާސް ފަސްސަތޭކަ ނަވާވީސް)ރުފިޔާއެވެ.

މީގެ އިތުރުން، ކުރީ ސަރުކާރުން ފްލެޓްތަކުގެ ހިސާބު ހެދުމަށް ބޭނުންކޮށްފައިވާ އުސޫލަކީ އެންމެ ރަނގަޅު އުސޫލެއް ނޫން ކަމަށާއި އެޗްޑީސީއިން ހިސާބު ހެދުމުގައި ބޭނުންކޮށްފައިވާ އީއެމްއައި މެތަޑަކީ މިފަދަ ހައުސިން މަޝްރޫއުތަކަށް އެންމެ ރަނގަޅު އުސޫލުކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަންޖެހޭ ކަމަށް އެޗްޑީސީއިން ހުށަހަޅާފައިވާ މެއިންޓަނަންސް ޚަރަދުގެ ގޮތުގައި 1،000 ރުފިޔާ ހިމަނައިގެން ކަނޑައަޅާފައިވާ 11,000 އެގާރަހާސް ރުފިޔާއަކީ، 8 އިންސައްތައިގެ އިންޓަރެސްޓާއިއެކު 20 އަހަރުގެ ރީޕޭމަންޓް މުއްދަތަކަށް ބިނާކޮށް، އީކުއޭޓެޑް މަންތްލީ އިންސްޓޯލްމަންޓް (އީ.އެމް.އައި) މެތަޑް ބޭނުންކޮށްގެން ހިސާބުކޮށްފައިވާ އަދަދެއްކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ. ޔުނިޓަކަށް މަހަކަށް ދައްކަންޖެހޭ އަދަދު ހިސާބުކުރުމަށް، އެޗްޑީސީ އިން ގެންގުޅެފައިވާ އީއެމްއައި މެތަޑަކީ މިފަދަ ހައުސިންގ މަޝްރޫއުތަކުގެ ޔުނިޓުތައް ވިއްކާނެ އަގު ކަނޑައެޅުމަށް އާންމުކޮށް ބޭނުންކުރާ މެތަޑްކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

އެޗްޑީސީއިން އަމަލުކޮށްފައިވާ އުސޫލާއި އެއްގޮތަށް ހައުސިން ޔުނިޓުތައް ދޫކުރިނަމަ، 20 އަހަރުގެ މުއްދަތަށް ބަލާއިރު އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި 2,195,865,585 (ދެ ބިލިއަން އެއް ސަތޭކަ ނުވަދިހަ ފަސް މިލިއަން އަށް ލައްކަ ފަސްދޮޅަސް ފަސް ހާސް ފަސް ސަތޭކަ އަށްޑިހަފަސް) ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަން ސަރުކާރުން މިހާރު ކަނޑައަޅާފައިވާ މެއިންޓަނަންސް ޚަރަދުގެ 1000 ރުފިޔާއާއެކު ޖުމްލަ 8,500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާއިރު، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް- ކޭޝްފްލޯގެ ގޮތުގައި 138,063,670 (އެއްސަތޭކަ ތިރީސްއަށް މިލިއަން ފަސްދޮޅަސް ތިންހާސް ހަސަތޭކަ ހަތްދިހަ) ރުފިޔާގެ ގެއްލުމެއްވާނެކަމަށް ރިޕޯޓުން ދައްކައެވެ.

2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނިންމާފައިވާ 6،600 ރުފިޔާ އާއި 2021 ވަނަ އަހަރު މާލޭ ސިޓީ ކައުންސިލުން ހުށަހަޅާފައިވާގޮތަށް 6،500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާއިރު އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި ގާތްގަނޑަކަށް 9,209,971,532 (ނުވަބިލިއަން ދުއިސައްތަ ނުވަމިލިއަން ނުވަލައްކަ ހަތްދިހަ އެއްހާސް ފަސްސަތޭކަ ތިރީސްދޭއް) ރުފިޔާގެ ގެއްލުމެއް ވާނެކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.

ހިޔާ  ފްލެޓުތަކުގެ އަގު ކުޑަކޮށްދިނުމަށް އެދި ޑރ މުއިއްޒު ވަނީ ތަކުރާރުކޮށް ސަރުކާރަށް ދަންނަވާފައެވެ. ކުރީގެ ހައުސިން މިނިސްޓަރ އަދި މިހާރު މާލެސިޓީގެ މޭޔަރ މުއިއްޒު ފާހަގަކުރައްވައި ގޮތުގައި، ހިޔާ ފްލެޓުތަކުގެ ކުލި ބޮޑުވެގެންދިޔައީ ސަރުކާރުން ފްލެޓުތައް ދޫކުރުމުގައި ލަސްކުރުމުންނެވެ. އަދި ހިޔާ ފްލެޓުތަކުގެ މަޝްރޫއުގައި ސިޔާސީ ކުލަ ޖައްސައި ފްލެޓުތަކުގެ އަގުބޮޑުކުރީ ރައްޔިތުންނަށް މިސަރުކާރުން ކުރި ޖެއްސުމެއްގެ ގޮތުގައިކަމަށް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: