ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަންޖެހުނު ކަމަށް ބުނާ ނަރުހުގެ މައްސަލަ މަރުގެ މައްސަލައެއްގެ ގޮތުގައި އަދި ނުބަލަން: ފުލުހުން

އައިޖީއެމް ހޮސްޕިޓަލް...
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗްގައި މަސައްކަތްކުރި އަންހެން ނަރުހަކު ގަސްދުގައި މަރާލާފައި ކަމަށް ތުހުމަތުކޮށް ފުލުހުން ތަހްގީގު އަދި ނުފަށާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

އައިޖީއެމްއެޗްގެ ނަރުހަކު ދަންޖެހިފައިވާ ވަނީ މިދިޔަ ހުކުރުދުވަހު އޭނާ ދިރިއުޅެމުންދާ ގޭގައެވެ. މައުލޫމާތު ލިބޭގޮތުގައި އޭނާ އަކީ އައިޖީއެމްއެޗްގެ ޑައިލިސިސް ޔުނިޓުގައި މަސައްކަތް ކުރަމުން އަންނަ ފިލިޕިންސްއަށް ނިސްބަތްވާ ނަރުހެކެވެ. އަދި އޭނާ ފެނުނުއިރު މަރުވިތާ ދެ ދުވަސް ވެފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ދަންޖެހުނު ކަމަށް ބުނާ ނަރުހުގެ މައްސަލަ މަރާލާފައިވާ މައްސަލައެއްގެ ގޮތުގައި ބަލަންފަށާފައިވާ ކަމަށާއި އޭނާ މަރާލި ކަމުގެ ތުހުމަތު އޭނާގެ ފިރިމީހާއަށް ކުރާކަމަށް ބައެއް މިޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. އޭނާގެ ފިރިމީހާއަކީވެސް އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ނަރުހެއް ކަމަށް މައުލޫމާތުލިބެއެވެ. ނަރުސްގެ މަރާއި ގުޅިގެން ފުލުހުން ތުހުމަތުތައް ކުރަން ފެށީ ދަން ޖެހިފައި ހުރި ކަމަށް ބުނެ ނަރުސް މީހާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭނާގެ ހަށިގަނޑުން ދަން ޖެހިފައި ހުރިކަމުގެ ނިޝާނެއް ފެންނަން ނެތުމުން ކަމަށެވެ.

މިކަމާއި ގުޅިގެން ސަންގުން ފުލުހުންގެ މީޑިއާ އޮފިޝަލްއަށް ގުޅާލުމުން ބުނީ މި މައްސަލަ އަދި މަރާލާފައިވާ މައްސަލައެއްގެ ގޮތުގައި ނިންމާ ތަހުގީގު ކުރަން ފަށާފައި ނުވާކަމަށެވެ. ނަރުސް ކުއްޖާގެ ޕޯސްޓްމޯޓަމްއެއް ހެދުމަށް ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ސަންގަށް ވިދާޅުވީ މައްސަލަ ބަލަމުންދާކަމަށާއި އަދި މި މައްސަލައާއި ގުޅޭ މައުލޫމާތު މިއަދުގެ ފަހުގެ ވަގުތެއްގައި މީޑިއާތަކަށް ދޭނެކަމަށް ފުލުހުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: