ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ މެމްބަރުން ދެއްކެވި ވާހަކަތަކަށް އާންމުންގެ ރައްދު: ހިޔާ ފްލެޓަކީ އަހަރެންގެ ގަނޑުވަރު!

ހިޔާ ފްލެޓުތަކުގައި އާންމުން މިހާރު ވަނީ ދިރިއުޅެން ފަށާފައި/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓްތަކާއި ގުޅޭގޮތުން އެމްޑީޕީ މެމްބަރުން ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

ހިޔާ ފްލެޓްތަކަކީ ހިންގާފައިވާ ބޮޑު ޖަރީމާއެއްކަމަށް ބުނެ ޖަރީމާ ހިންގާފައިވާ މީހުންނާއިމެދު ފިޔަވަޅު އަޅައިދިނުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހެވެ. އިއްޔެގެ ޖަލްސާއަށް މިގަރާރު ހުށައެޅިއިރު ގަރާރު މަޖިލީހަށް ބަލައިގަތުމަށް 33 މެމްބަރުން ވޯޓު ދެއްވާފައެވެ. ގަރާރު ބަލައިނުގަތުމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

ގަރާރަށް ބަހުސްކުރެއްވި ބައެއް މެމްބަރުން ވަނީ ހިޔާ ފްލެޓުތަކުން ބޮޑެތި ވައްކަންތައް ކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން، ފްލެޓުތަކުގެ ތެރެއިން 1000 ފްލެޓު ގެއްލިފައިވާ ކަމަށާއި ކުރީ ސަރުކާރުން ކޮށްފައިވާ ވައްކަންތަކުގެ ސަބަބުން މިހާރު ފްލެޓުތްތަކުގައި ދިރިއުޅެމުންދާ އާންމުންނަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހިފައިވާކަމަށް ވިދާޅުވިއެވެ. އަދި މިއަދު ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ އާންމުންނަށް ދިމާވެފައިވާ ނިކަމެތި ހާލަކީ އެކަމުގެ ސަބަބުން ދިމާވެފައިވާކަމެއްކަމަށް އެމްޑީޕީ މެމްބަރުން ފާހަގަކުރެއްވިއެވެ.

އެމްޑީޕީ މެމްބަރުން ދެއްކެވި ވާހަކަތަކުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. މިއޮޑިޓުގައި ކުރީ ސަރުކާރުން ކަނޑައެޅި އަގަކީ ގޯސް ހިސާބެއްކަން ހާމަވެފައިވާކަމަށް އެމްޑީޕީ މެމްބަރުން ވިދާޅުވިއެވެ. އަދި މި ސަރުކާރުން ކަނޑައެޅި އަގު ބޮޑުވެގެން ކަންބޮޑުވުން ފާޅުކުރަމުން އައިއިރު، ގޯސް ހިސާބުތަކެއްގެ މައްޗަށް ބިނާކޮށް، ގަސްތުގައި ރައްޔިތުންނަށް ހަގީގަތް އޮޅުވާލައި، ނުތަނަވަސްކަން އުފައްދަން ބަޔަކު މަސައްކަތްކޮށްފައިވާކަމަށްވެސް އެމްޑީޕީ މެމްބަރުން ފާހަގަކޮށްފައިވެއެވެ. ހިޔާ ފްލެޓްތަކަކީ މީހުން ދިރިއުޅެން އެކަށީގެންނުވާ ތަނެއްގެ ގޮތުގައި ފާހަގަކޮށް އެއީ ކޮތަރުކޮށިތަކެއްގެ ގޮތުގައި އެމްޑީޕީ މެމްބަރުން ވަނީ ސިފަކޮށްފައެވެ.

އެމްޑީޕީ މެމްބަރުން ދައްކަވާފައިވާ ވާހަކަތަކަށް ބައެއް އާންމުން ވަނީ ސޯޝަލް މީޑިޔާގައި ޚިޔާލު ފާޅުކޮށް އެކަމަށް ރައްދުދީފައެވެ. އެގޮތުން، އެކޮތަރުކޮށިތަކަކީ އާންމު ރައްޔިތުންނަށް ގަނޑުވަރެއްފަދަ ތަނެއްކަމަށް ބައެއް އާންމުން ބުނެފައިވެއެވެ. އަދި އެތަންކޮޅަކީ ނުވަތަ ހިޔާ ފްލެޓުތަކުން އާންމުންނަށް ލިބިފައިވާ އެޕާޓްމަންޓްތަކަކީ ކޮންމެވެސް އެއް ދުވަހަކުން އާންމުންނަށް މިލްކުވެގެންދާނެ ތަންތަން ކަމަށާއި އުމުރުދުވަހު ބިންވެރިންގެ ދަށުގައި އުޅުމަށްވުރެ ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްވެސް މާރަނގަޅުކަމަށް ބައެއް އާންމުން ވަނީ ބުނެފައެވެ.

ގަރާރު ހުށައެޅުއްވި ފަލާހުއަށް ޚާއްސަކޮށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވެއެވެ. އެގޮތުން، ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ހުޅުމާލެއިން ލަގްޒަރީ އެޕާޓްމަންޓެއް ބައްލަވައިގެން ބޭފުޅަކު ބޯހިޔާވަހިކަމުގެ މިފަދަ މައްސަލަތައް ހުށައަޅުއްވައި ބަހުސްކުރެއްވުމަކީ މެމްބަރު ލަދުގަންނަންޖެހޭ ކަމެއްގެ ގޮތުގައި އާންމުން ވަނީ ސޯޝަލް މީޑިޔާގައި ސިފަކޮށްފައެވެ.

މީގެ ކުރިންވެސް އާންމުން ވަނި ހިޔާ ފްލެޓްތަކަށް އަމާޒުކޮށް ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދުދީފައެވެ. އެގޮތުން، އެތަނުގައި އުޅުމަށް އެމީހުންނަށް ލިބޭ ހިތްހަމަޖެހުން އެހެންބަޔަކަށް އިހްސާސް ނުކުރެވޭނެކަމަށް އާންމުން ބުނެއެވެ. އަދި މާލޭގެ ކުދި ކުދި ތަންތަންކޮޅުގައި އެއްވެސް އަލިކަަމެއް ވަންނާނެގޮތެއް އަދި ބެލްކަނި ނުވަތަ ކުޑަދޮރުވެސް ނެތް ތަންތަނުގައި އުމުރުދުވަހު އުޅުމަށްފަހު މިފަދަ ތަނަކީ އާންމު މީހާއަށް ގަނޑުވަރެއްފަދަ ތަނެއްގެ ގޮތުގައި އާންމުން މީގެކުރިންވެސް ސިފަކޮށްފައިވެއެވެ.

ހިޔާ ފްލެޓުތަކަކީ ޖަރީމާއެއްކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައަޅާފައިވާއިރު، ގަރާރާއި ދެކޮޅަށް ވާހަކަދެއްކެވި މެމްބަރުން ވަނީ ހިޔާ ފްލެޓްތަކަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކޮށްފައިވާ މުހިންމު މަސައްކަތެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މީގެފަހުންވެސް، އިދިކޮޅަށް ވެރިކަން ލިބިއްޖެނަމަ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ތަފާތު މަޝްރޫއުތައް ކުރިއަށްގެންދާނެކަމަށް އިދިކޮޅު މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 56%ވަރަށް ގަޔާވޭ 44%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: