ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ޕާޓީއަކީ ޕީޕީއެމް: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ/ ފޮޓޯ:- އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓީގެ ހަޔާތުން 10 އަހަރު ދުވަސް ވެގެންދިޔަ އިރު، ޕާޓީއިން ދިވެހި ތާރީހުގެ ތެރެއިން ޖާގަ ހޯދައިފައިވާ ކަމަށާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ޕާޓީކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ޕީޕީއެމް ވުޖޫދަށް އަންނަން މެދުވެރިވި ސަބަބު ކިޔާ ދެއްވާފަ އެވެ. އެގޮތުން މަލްޓި ޕާޓީ ޑިމޮކްރަސީގައި އެންމެ ފުރަަތަމަ ބޭއްވުނު އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީއިން ކަމަށާއި ވެރިކަމަށް އެމްޑީޕީއިން އައުމާއި އެކު ދިވެހިންނަށް ގިނަ ގޮންޖެހުންތަކާއި ތަކުލީފުތައް ކުރިމަތިވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މިކަމުގެ ސަބަަބުން ދިވެހިންގެ މިނިވަންކަމަށް ލޮޅުންއަރައިގެން އައި ކަމަށާއި ދިވެހީންގެ ހަރުމުދާ އޭރުގެ ސަރުކާރުން ވިއްކަމުން އައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ދިވެހިރާއްޖޭގައި އެކި ދީންތަކަށް ތަބާވުމަށް ފުރުސަތު ހުޅުވައި، ރައްޔިތުން ބިކަވެ ނިކަމެތިވެފައިވާ ދަނޑިވަޅެއްގައި ރައްޔިތުންގެ ބޭނުންތައް އަޑުއަހާ ސަރުކާރެއް ގާއިމުކޮށް، ސަރުކާރު ޖަވާބު ދާރިކުރެވޭނެ ޕްލެޓްފޯމެއް ގާއިމް ކުރުމުގެ ނިޔަތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު އާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގުޅިގެން އުފެއްދެވި ޕާޓީއެއްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

2011 ވަނަ އަހަރު އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު އުފެދިގެން އައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ޕާޓީކަމަށް ވިދާޅުވަމުން އަބްދުއްރަހީމް ވަނީ ޕާޓީ އުފެދުމާއި އެކު ގައުމު ސަލާމަތް ކުރުމަށް މަސައްކަތްތައް ފަށާއިފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން އޭރު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގައި ކުރެވިގެން އައީ ދިވެހީންގެ ވައިގެ ބަނދަރު ބޭރުގެ އެހެން ބަޔަކާއި ހަވާލުކޮށްފައި އޮތުންކަމަށް ވުމާއި އެކު، މިކަމާއި ދެކޮޅަށް އޭރު ގިނަ ބަޔަކު ނިކުތް ނަމަވެސް، ފަހު ވަގުތުވެސް މަސައްކަތުގައި ދެމިހުރީ ރައީސް ޔާމިން ކަމަށް އަދުރޭ ފާހަގަކުރެއްވިއެވެ.

ޕީޕީއެމް ވުޖޫދަށް ގެނެސް 2 އަހަރު ދުވަހުގެ ތެރޭގައި އޭރު އޮތް އަނިޔާވެރި ސަރުކާރަށް ނިމުމަކަށް އައިސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ޕީޕީއެމްއިން ކާމިޔާބު ކުރިކަމަށް ފަހުރުވެރިކަމާއި އެކު އަދުރޭ ފާހަގަ ކުރެއްވިއެވެ. 2013 ވަނަ އަހަރުން ފެށިގެން 5 އަހަރަށް ކުރިއަށް ދިޔަ ސަރުކާރަކީ މިހާތަނަށް އޮތް އެންމެ އަގުބޮޑު، ރައްޔިތުންނަށް  މަންފަ ހޯދައި ދިނުމުގައި ދެމި އޮތް، ރައްޔިތުންގެ އަޑު އަހާ ސަރުކާރުކަމަށް ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ، މިހުރިހާ ލާބައާއި މަންފާ ރައްޔިތުންނަށް ލިބިގެންދިޔައީ ރައީސް އަބްދުﷲ ޔާމީން އަބދުލް ގައްޔޫމް ވެރިކަމާއި ހަވާލުވެ ވަޑައިގަތުމުގެ ސަބަބުންކަމަށެވެ.

ރައީސް ޔާމިން ވެރިކަމުގައި ހުންނެވި 5 އަހަަރަކީ ދިވެހިރާއްޖޭ ނުދެކޭ ރައްޔިތުން އުއްމީދު ނުކުރާ ފަދަ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވުނު 5 އަހަރު ކަމަށް އޭނާ ވިާޅިވި އެވެ. އަދި ހަމައެއާއި އެކު މި ފަސް އަހަރަކީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް ގައުމު ތެރޭގައި ސުލްހަ މަސަލަސްކަން ގާއިކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރިއަށް ގެނދެވުނު 5 އަހަރުކަމަށް ވެސް ވިދާޅުވި އެވެ.

މި 5 އަހަރުގެ ތެރޭގައި ވިޔަފާރީގެ ފުރުސަތުތައް އިތުރުކޮށް ދިވެހި ޒުވާނުންނަށް ބޭނުންކުރެވޭނޭ ފަދަ ފަހި ފުރުސަތުތަކެއް ހޯދައިދިން ކަމަށް އަބްދުއްރަހީމް ވިދާޅިވިއެވެ. ރައީސް ޔާމީން ވެރިކަން ކުރެއްވީ ދިވެހި ރާއްޖޭގެ މިނިވްން ކަން ގެއްލިގެން ނުދާނެހެން، އިސްލާމްދީން ހިމާޔަތް ކޮށް ދިވެހި ރައްޔިތުންގެ އަޑު އަހައި ރައްޔިތުންގެ އެދުންތައް ފުއްދަމުންނެވެ.

“ރައީސް ޔާމީން ކުރައްވަމުން އައި ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެއް” އަދުރޭ

2018 ވަނަ އަހަރު ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް އައިސް އެމްޑީޕީ އިން ވެރިކަމާ ހަވާލުވެ މިހާތަނަށް ކުރެވުނު މަސައްކަތަކީ އެމަނިކުފާނު އަނިޔާ ކުރުންކަމަށް ދިވެހި ގިނަ ރައްޔިތުންތަކެއް ގަބޫލުކުރާކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޕީޕީއެމްގެ 10 ވަނަ އަހަރީ ދުވަހާއި ކުރިމަތިލީ އިރު، އަނެއްކާވެސް ގައުމުގެ ސަލާމަތަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން އަބްދުއްރަހީމް ފާހަގަ ކުރެއްވި އެވެ.

ބުދަ ދުވަހުގެ ރޭ ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ކުލައެއްގެ ގޮތުގައު ގައުމީ ކުލަ އިހްތިޔާރު ކުރި ސަބަބަކީ ޕީޕީއެމްގެ ލީޑަރު، ޕީޕީއެމްގެ ސަޕޯޓަރުން އަދި ދިވެހި ރައްޔިތުންނަށް ޕާޓީއަށް ވުރެ މުހިއްމީ ގައުމުކަމަށް ވުމާއި ގުޅިގެންކަމަށް އަބްދުއްރަހީމް ވިދާޅުވިއވެެ.

ރައީސް ޔާމީނުގެ އެދުމަކީ އެމަނިކުފާނަށް ތާއިދު ކުރާ އެންމެހާ ފަރާތްތަކުން ގައުމު ސަލާމަތްތެރިކޮށް ގައުމު ދިފާއު ކުރުން ކަމުގައި އޭނާގެ ވާހަކައިން ފާހަގަކުރެވެއެވެ. ރޭގެ މި ރަސްމިއްޔާތުގައި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިދާނޭ ފަދަ ކަމެއް ވިޔަ ނުދިނުމަކީ ކޮންމެ މީހެއްގެ ވެސް އެންމެ އިސް މަސްއޫލިއްޔަތަށް ހަދައި ދިނުމަށް އަބްދުއްރަހީމް އެދުނެވެ. ދިވެހި ގައުމުގެ މިނިވަންކަން އަބަދާއި އަބަދަށް ދެމެެހެއްޓުމަށް ހުރިހާ ރައްޔިތުން އަތުގުޅާލަންށާއި އަޒުމަކީ ދިވެހިރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުން ކަމުގައި ކަނޑައެޅުމަށް ވެސް އަބްދުއްރަހީމް ގޮވާލިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: