ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރުގެ ބަޖެޓަކީ 9.7 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެއް!

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރުގެ ބަޖެޓަކީ 9.7 ބިލިޔަން ރުފިޔާއިން ޑެފިސިޓް ބަޖެޓެއްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައަޅާފައިވާ 36,925,424,524 ރުފިޔާ (ތިރީސް ހަ ބިލިއަން، ނުވަ ސަތޭކަ ފަންސަވީސް މިލިއަން، ހަތަރު ސަތޭކަ ސައުވީސް ހާސް، ފަސް ސަތޭކަ ސައުވީސް ރުފިޔާ)ގެ ބަޖެޓު މިހާރު ވަނީ މަޖިލީހަށް ހުށައަޅާފައެވެ.

ޖުމްލަކޮށް މުޅި ބަޖެޓަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ލަފާކުރާ 9.7 ބިލިޔަން ރުފިޔާއިން ޑެފިސިޓްވާނެ ކަމަށެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 11.1 އިންސައްތަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ 2022 ވަނަ އަހަރުގެ ބަޖެޓު ފައިނޭންސްކުރުމަށް ޖުމްލަ 13.4 ބިލިއަން ރުފިޔާ ހޯދަންޖެހޭނެކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ބަޖެޓު ޑެފިސިޓް ގޮތުގައި ހިމެނޭ 9.7 ބިލިއަން ރުފިޔާ އާއި، ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.9 ބިލިއަން ރުފިޔާ އާއި، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޓްރާންސްފަރ ކުރާ 769.2 މިލިއަން ރުފިޔާ، އަދި އެހެނިހެން ގޮތްގޮތުން ފައިނޭންސްކުރަންޖެހޭ 35.7 މިލިއަން ރުފިޔާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން 2022 ވަނަ އަހަރު ހޯދަންޖެހޭ ފައިނޭންސިންގ ގެ ތެރެއިން 7.5 ބިލިއަން ރުފިޔާ ބޭރުގެ ފަރާތްތަކުން ހޯދުމަށް ރާވައިފައިވާއިރު އެތެރޭގެ ފަރާތްތަކުން 5.9 ބިލިއަން ރުފިޔާ ހޯދުމަށް ރޭވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަންނަ އަހަރު ރާއްޖެއިން ބޭރުގެ ފަރާތްތަކުން ލިބޭނެކަމަށް އަންދާޒާކުރާ ފައިނޭންސިންގ އަށް ބަލާއިރު، 200 މިލިއަން ޑޮލަރުގެ ޓްރެޜަރީ ސެކިއުރިޓީއެއް ބޭރުގެ މާލީ ބާޒާރުގައި ވިއްކުމަށް ރާވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“50 މިލިއަން އެމެރިކާ ޑޮލަރު އިނޮވެޓިވް ފައިނޭންސިންގ އިންސްޓްރޫމަންޓެއް މެދުވެރިކޮށް ހޯދުމަށްވެސް ވާނީ ހިމަނާފަ. ބްލޫ، ގްރީން، ނުވަތަ ސޯޝަލް އިމްޕެކްޓް ބޮންޑެއް ވިއްކައިގެން ފައިސާ ހޯދުމަކީ މިކަމުގައި ހުރި ބައެއް އޮޕްޝަންތައް. މިފަދަ ބޮންޑަކުން މިވަގުތު ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ހަލުވިކޮށް ފުޅާވަމުންދާ އީއެސްޖީ އިންވެސްޓަރުން މެދުވެރިކޮށް ފައިނޭންސިންގ ހޯދުމަށް މަގުފަހިވެގެންދާނެ. މީގެ އިތުރުން ބަޖެޓު ސަޕޯޓުގެ ގޮތުގައި 50 މިލިއަން އެމެރިކާ ޑޮލަރު 2022 ވަނަ އަހަރު ހޯދުމަށްވެސް ރޭވިފައިވޭ” ބަޖެޓު 2022

މިނިސްޓަރ ވިދާޅުވީ 2022 ވަނަ އަހަރުގެ ތެރޭގައި ދައުލަތުން ހިންގާ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތްތައް ހަލުވިވެ، ލޯނުން ހިންގާ މަޝްރޫއުތަކުގެ ޑިސްބަރސްމަންޓް އިތުރުވެގެންދާނެކަމަށް ބެލެވޭކަމަށެވެ. މީގެ ތެރޭގައި އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމުގެ މަޝްރޫއާއި، އިންޑިއަން އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދިއުމަށް ރާވައިފައިވާ ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫއު ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި 2022 ވަނަ އަހަރު ލޯނުން ހިންގާ މަޝްރޫއުތަކަށް 2.9 ބިލިއަން ރުފިޔާ ޑިސްބަރސްވާނެކަމަށް ބެލެވޭކަމަށް މިނިސްޓަރ ވަނީ ބަޖެޓު ހުށައަޅުއްވައި ދެއްވަމުން ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: