ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން ޖޭއެސްސީގެ ނިންމުން ގަބޫލެއް ނުކުރި، ވިދާޅުވީ ހުރިހާ އޯޑިއޯއެއް ސައްހަކަމަށް!

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްުދުﷲ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ބެންޗުގައި ހިމެނޭ ތިން ފަަނޑިޔާރުންގެ އަޑު ކަމަށް ބުނެ ލީކުކޮށްލާފައިވާ އޯޑިއޯތަކާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ބަލައި ނުގަންނަކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ރަށެއްގެ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ވަދެފައިވާކަމަށް ބުނާ މައްސަލައިގަ އެވެ. އިސް ގާޒީގެ މަގާމުގައި ހުންނެވި އަހުމަދު ހައިލަމްގެ ސުލޫކީ މައްސަލަތަކެއް ފެންމަތިވެ، އޭނާ މަގާމުން އިސްތިއުފާ ދެއްވުމުން މި މައްސަލަ ދަށު ކޯޓުގައި ފަސް ފަނޑިޔާރުން ބެއްލެވި އެވެ. އޭގެ ތެރެއިން ގާޒީ ހުސައިން ފާއިޒް ރަޝާދު އާއި، ގާޒީ މުހައްމަދު ސަމީރު އާއި، ގާޒީ އަލީ އާދަމްގެ އަޑު ހިމެނޭ ވަކި ވަކި ތިން އޯޑިއެއް ވަނީ ލީކުވެފަ އެވެ. އެ އޯޑިއޯތަކުގައި ގާޒީން ވަނީ ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަކީ އެއީ ސިޔާސީ ނުފޫޒެެއްކަން ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފަ އެވެ.

ސިޔާސީ މީހުންގެ މައްސަލަތައް ބެލުމަކީ އެއީ ވަރަށް ފާޑެއްގެ ކަމެއްގެ ގޮތުގައި ސިފަކޮށް އޭގެއިން އެއް އޯޑިއޯއެއްގައި ހިމެނޭ ގާޒީ ފާއިޒް ވަނީ ރައީސް ޔާމީނަށް ހުކުމް އިއްވީ ރަހީނުކޮށްގެންކަމަށް ވިދާޅުވެފަ އެވެ. އޭގެ ފަހަތުން ގާޒީ ފާއިޒް ވިދާޅުވަނީ ރަހީނު ކުރެވޭނެ ބައިވަރު ގޮތްތައް ހުންނަ ކަމަށެވެ. އެގޮތުން ސީދާ އޭނާ ރަހީނު ނުކުރި ނަމަވެސް އެ މީހެއްގެ އަނބިމީހާ ނުވަތަ ގާތް މީހަކު ރަހީނުކޮށްގެން ވެސް އަމަލެއް ހިންގިދާނެ ކަމަށް އެ ރިކޯޑިންގައި އޭނާ ވިދާޅުވެފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިން ތަކެއް ކަމަށް ބުނެ ދައުރުވި އޯޑިއޯތަކުގެ މައްސަލައިގައި ޖޭއެސްސީން ވަނީ އޯޑިއޯ އެނަލިސިސް ރިޕޯޓެއް ހަދާފަ އެވެ. އެ މައްސަލައިގައި އެ ކޮމިޝަނުން ބަލަން ނިންމީ ފާއިޒްގެ މައްސަލަ އެކަންޏެވެ. އެއީ އޭނާގެ އަޑާއި އޯޑިއޯތަކާއި ދިމާވަތީ އެވެ. ގާޒީ އަލީ އާދަމް އާއި، ގާޒީ ސަމީރުގެ އަޑު އެނަލިސިސް އާއި ދިމާ ނުވާކަމަށް ޖޭއެސްސީން ބުނެ އެވެ.

ޖޭއެސްސީން ބުނީ ފޮރެންސިކް ތަހުލީލަށް ފޮނުވި ތިން އޯޑިއޯއަކީ ވެސް ޓެމްޕާކޮށް ރެކޯޑިންގައިވާ ވަކި ބައެއް ޑިލީޓްކޮށް ނުވަތަ ވަކި ވަކި ކްލިޕްތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއްކަން ފޮރެންސިކް އެނާލިސިސްއިން އެނގޭ ކަމަށެވެ.

އޯޑިއޯތަކުގެ މައްސަލައިގައި ޖޭއެސްސީއަށް ރައްދު ދީ އިދިކޮޅުން ބުނީ، ޖޭއެސްސީގެ ވާހަކަތައް ގަބޫލު ނުކުރެވޭ ކަމަށެވެ. މިއަދު ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ފަނޑިޔާރުންގެ އަޑު ހިމެނޭ އޯޑިއޯ ތަހުގީގު ކުރުމުގައި ޖޭއެސްސީން ރަނގަޅު ނިޔަތެއް ނުގެން ގުޅޭކަމަށެވެ. ބަޔާނެއް އާއްމުކުރުމަށް ފަހު، އޯޑިއޯތަކަކީ އުނިއިތުރު ގެނެސްފައިވާ އޯޑިއޯތަކެއްގެ ގޮތުގައި ޖޭއެސްސީން ބުނި ނަމަވެސް، މިއީ އިދިކޮޅުން މި މައްސަލަ ނުބަލާތީ ތަކުރާރުކޮށް ހުށަހަޅާ މައްސަލަތައް އޮއްބާލުމަށް “އަވަސް އަރުވާލައިގެން” އާއްމު ކުރި ބަޔާނެއްގެ ގޮތުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

ޖޭއެސްސީ އަދި ފުލުހުންނަކީ އެފަދަ އޯޑިއޯ އެނަލިސިސް ރިޕޯޓުތައް ހެދުމުގެ ގާބިލުކަން ހުރި މުވައްސަސާއެއް ނޫންކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވަނީ ފުލުހުން ވެސް އެ މަސައްކަތް ހަވާލު ކުރަނީ، ކޮންޓްރެކްޓު އުސޫލުންކަމަށް ވިދާޅުވެފަ އެވެ. މައްސަލައިގައި ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމާއި ބައްދަލު ކުރުމުން، އިދިކޮޅުގެ ޑިމާންޑަކީ ކޮބައިތޯ ސުވާލު ކުރުމުން އޯޑިއޯތައް ތަހުލީލު ކުރަން ބޭނުންވަނީ ބޭރުގެ ބަޔަކާއި ހަވާލުކޮށްގެންކަން ބުނުމުން އެކަމުގެ ޔަގީންކަން ދީފައިވާކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ، އިއްޔެގެ ވަގުތެއްގައި އޯޑިއޯ ސާމްޕަލްތަކާއި އެކު ފުލުހުން ރާއްޖެއިން ބޭރަށް ފުރާކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އަދި އޭގެ ފަހުން ކުއްލިއަކަށް ރޭގަނޑުގެ ލަސް ވަގުތެއްގައި ޖޭއެސްސީން ބަޔާނެއް އާއްމު ކުރީކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާފައިވާކަމަށް ބުނެ ވާހަކަ ދައްކާ އޯޑިއޯތަކުގެ މައްސަލަ ބަލައިދޭން އެދި ހުށަހަޅައި، އެ ބޭރަށް ފޮނުވުން ލަސްވާ މައްސަލައިގައި ޑެޕިއުޓީ ކޮމިޝަނާރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފާއި ބައްދަލު ކުރުމުން ފޮރިން މިނިސްޓްރީން ޓިކެޓު ހަމަނުޖެހޭކަމަށް މައުލޫމާތު ދިންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ދަށު ކޯޓުން ރައީސް ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފީ މަރުހަލާގެ ހުކުމް އިއްވުމާއި ހަމައަށް ގޮސްފައިވާއިރު ޖޭއެސްސީގެ ބަޔާނުން ވެސް އެނގެނީ ކްރިމިނަލް ކޯޓުން އިއްވީ ބާތިލު ހުކުމެއްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ޖޭއެސްސީގެ ބަޔާނުން ކަންތަކެއް ހާމަވުމާއި އެކު، އެއީ ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމުގެ މައްޗަށް ބަލަންޖެހޭ މައްސަލައެއްގެ ގޮތުގައި އެނާ ފާހަގަ ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: