ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތަރު ބިލެއް މަޖިލީހަށް ފޮނުވަން ހުށައަޅައިފި

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ހަތަރު ބިލެއް ހުށައަޅާފައިވާކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ފާއިތުވެ ދުވަސްތައް ފާހަގަކުރެވިފައިވަނީ މަޖިލީހުގެ ތަޅުމުގައި އެއްވެސް ބިލެއްގެ އިބްތިދާއީ ބަހުސް މަރުހަލާ ކުރިއަށް ނުގެންދެވި،މަޖިލީހުގެ ތަޅުމުގައި ކުރަންޖެހޭ މަސައްކަތްތައް މަދު ދުވަސްކޮޅެއްގެ ގޮތުގައެވެ. ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު ފެށިގެން މިހާތަނަށް 33 ޖަލްސާ ބޭއްވިގެންދިޔައިރު މަޖިލީހުގެ ތަޅުމުގައި މާއެދެވޭ މަސައްކަތްތަކެއް ކުރެވިފައިނުވާތީ އެކަމުގެ ސުވާލުތައް ރައީސް އޮފީހާއި ސަރުކާރަށްވެސް ވަނީ އަމާޒުވެފައެވެ.

އެޓާނީ ޖެނެރަލް އޮފީހުން ކޮށްފައިވާ ޓުވީޓެއްގައި ވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވުމަށް ހަތަރު ބިލެއް ފޮނުވާފައިވާ ކަމަށެވެ. އެހަތަރު ބިލަކީ ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރިކުރުމުގެ ބިލު، ފެނާއި ނަރުދަމާގެ ގާނޫނަށް އިިސްލާހުގެނައުމުގެ ބިލު، ކޯޓުތަކުގެ ގާނޫނަށް އިިސްލާހުގެނައުމުގެ ބިލު އަދި ފަނޑިޔާރުންގެ ގާނޫނަށް އިިސްލާހުގެނައުމުގެ ބިލެވެ.

މަޖިލީހުގެ މިހިނގާ ތިންވަނަ ދައުރަށް ހުށައެޅުމަށް 32 ބިލެއްގެ ލިސްޓެއް އޭޖީ އޮފީހުން އެކުލަވާލިއެވެ. އެހެންނަމަވެސް، ތަޅުމަށް މިހާތަނަށް ފޮނުވާފައިވަނީ އެންމެ ހަތަރު ބިލެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މިދައުރު ނިމެންވާއިރަށް 32 ބިލު މަޖިލީހުގެ ތަޅުމަށް ހުށައެޅޭނެކަމަށް ގަބޫލުނުކުރެއްވޭކަމަށް ވިދާޅުވެފައެވެ.

ހުސްވި ހަފްތާގެ ތެރޭގައި ރައީސް ނަޝީދު ވަނީ މަޖިލީހުގައި މިވަގުތު ޖުމްލަ 33 ބިލެއްގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވެފައެވެ. މީގެ ތެރޭގައި ސަރުކާރުގެ ފަރާތުން 26 ބިލެއް ހުށައަޅާފައިވާކަމަށާއި މަޖިލީހުގެ މެމްބަރުން ހުށައަޅާފައިވާ 7 ބިލެއް ހިމެނޭ ކަމަށެވެ. މިއީ ނިސްބަތުން ބޮޑު އަދަދެއް ކަމަށާއި މީގެ ތެރެއިން ގިނަ ބިލުތަކުގެ މަސައްކަތް މިވަގުތު ހުރީ ކޮމެޓީ މަރުހަލާގައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން، ކޮމެޓީތަކުގެ ބައްދަލުވުންތައް އިތުރުކޮށް ކޮމެޓީތަކުން ވީހާވެސް އަވަހަކަށް މަސައްކަތްތައް ނިންމުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ. އަދި ތަޅުމުގައި ގިނަ މަސައްކަތްތަކެއް ކުރެވޭނީ ކޮމެޓީތަކުން މަސައްކަތްތައް ނިންމުމުންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: