ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަތުން ބަލައެއްނުގަނެވޭނެ: ވައްޑެ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަތުން ބަލައިނުގަނެވޭނެކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ސިވިލް ސާވިސް ކޮމިޝަންއިން ވަނީ ސިވިލް ސާވިސް ގަވާއިދަށް ގެނައި ބައެއް އިސްލާހުތަކާއެކު ގަވާއިދު ގެޒެޓްކޮށްފައެވެ. އަލުން ގެޒެޓްކުރި ގާނޫނުގައި ކުށްތައް ތިން ދަރަޖައަކަށް ބަހާލާފައިވެއެވެ. މީގެ ތެރެއިން އޮފީހުގެ ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދެއްކުން އަންނަނީ ފުރަތަމަ ދަރަޖައިގެ ކުށުގެ ތެރެއަށެވެ. މުވައްޒަފަކު ވަޒީފާއިން ވަކިކުވިދާނެ ފަދަ ކުށްތަކުގެ ތެރޭގައި ހިމެނެނީ މަސައްކަތުގެ ރަސްމީ ގަޑީގައި އަދި އެނޫންވެސް ގަޑީގައި ސިޔާސީ ހަރާކަތްތަކުގައި ބައިވެރިވުން، މަގާމްގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތަށް ހުރަސް އެޅޭ ފަދަ އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުންވެސް ހިމަނާފައިވަނީ ވަޒީފާއިން ވަކިކުރެވިދާނެފަދަ ކުށުގެ ގޮތުގައެވެ.

މިކަމާއި ގުޅޭގޮތުން މެމްބަރު ވައްޑެ ވިދާޅުވީ މިނިވަންކަމާއެކު ހިޔާލު ފާޅުކުރުމަކީ ގާނޫނު އަސާސީއިން ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. އެހެންނަމަވެސް، އެކި ބަހަނާ ދައްކައިގެން ކުރިންވެސް އަދި މިހާރުވެސް މިހައްގު ނިގުޅައިގަންނަން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް މެމްބަރު ވައްޑެ ވިދާޅުވިއެވެ.

އަލަށް ގެނައި އިސްލާހުގައި މުވައްޒަފުންނާއި މެދު އަޅާނެ އެކި ފިޔަވަޅުތަކުގެ ތަފްސީލު ހިމަނާފައި ވެއެވެ. އޭގެ ތެރޭގައި މުވައްޒަފު ސަސްޕެންޑު ކުރުމުގައި އަމަލު ކުރަން ޖެހޭ އުސޫލާއި އޭގެ ފަހުން އަމަލު ކުރަން ޖެހޭ ގޮތް ހިމަނާފައި ވެއެވެ.

އަލަށް ގެޒެޓްކުރި އިސްލާހުތަކަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވަމުން އަންނައިރު، ސިވިސް ސާވިސް ކޮމިޝަންއިން ވަނީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ކުށެއްގެ ގޮތުގައި 2015 ވަނަ އަހަރުން ފެށިގެން އޮންނަކަން ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: