ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުން ގޯސްވެ ބައެއް އަތޮަޅަކަށް ވައިޓް އެލާޓު ނެރެފި

ރާއްޖޭގެ މޫސުން މިދުވަސްވަރު ގޯސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުން ގޯސްވުމުގެ ސަބަބުން ނުވަ އަތޮޅަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓު ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށެވެ. ވައިޓް އެލާޓު ނެރެފައިވަނީ މިއަދު ހަވީރު 17:45 އިން ފެށިގެން މިރޭ 23:45 އާއި ހަމައަށެވެ.

މެޓް އޮފީހުން ބުނީ މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަވާ ކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ވަނީ ބުނެފައެވެ.

ފާއިތުވެދިޔަ ހަފްތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެފައިވާއިރު، އިއްޔެ މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށް މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފައެވެ.

މޫސުން ގޯސްވާ ފަހަރުތަކުގައި ކަނޑު ދަތުރު ކުރާ އުޅަނދުތައް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

މޫސުން ގޯސްވާ ވަގުތުތަކުގައި ހިނގާ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވުމަށް މި ފަހުން ވަނީ ލައިފް ޖެކެޓް އެޅުންވެސް މަޖުބޫރުކޮށްފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އެލާޓް ނެރެފައިވާ ސަރަހައްދެއްގައި ދަތުރުކުރާ އިރު (ކޮންމެ ސައިޒެއްގެ އުޅަނދެއްގައި ދަތުރުކުރިޔަސް) ފަސިންޖަރުންގެ ލައިފްޖެކެޓް އެޅުވުމަކީ ކެޕްޓަން ކުރަން މަޖުބޫރު ކަމަކަށް ވާ ގޮތަށް ކަނޑުދަތުރުގެ ސަލާމަތާ ބެހޭ ގަވައިދު ވަނީ މި ފަހުން އިސްލާހުކޮށްފައެވެ.

މިއަހަރު އޮކްޓޯބަރު، ނޮވެމްބަރު އަދި ޑިސެމްބަރު މަހު ވާރޭ ވެހޭ މިންވަރު މިދުވަސްވަރު އާންމުކޮށް ވެހޭ ވަރަށްވުރެ ކުޑަކޮށް މަދުވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. ނަމަވެސް އެންމެ އުތުރު އަތޮޅުތަކަށް އާންމުކޮށް ވެހޭ މިންވަރަށް ވާރޭވެހޭނެ ކަމަށާއި މިދުވަސްވަރު  މެދުރާއްޖެތެރޭގެ ބައެއް ރަށްތަކާއި ދެކުގެ އަތޮޅުތަކުގެ ހޫނުމިން ތަންކޮޅެއް މަތި ވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: