ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް މޫސުން ގޯސް ވާނެ: މެޓް އޮފީސް

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދެ ކޮޅިގަނޑެއްގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖެއާ ދުރުން އަރަބި ކަނޑާއި ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުން، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި އާންމުކޮށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއި އެކު ވާރޭ ވެހޭނެކަމަށް ވެސް މެޓުން ލަފާ ކުރެ އެވެ. އަދި ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައެވެ. ރާއްޖޭގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދާވަނެ ކަމަށާއި އަދި ލޮނުގަނޑު އުސްމިނުގައި 4-6 ފޫޓު ހުންނާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރެ އެވެ.

އަރަބި ކަނޑާއި ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުން އިންޑިއާ އާއި ސްރީލަންކާގެ މޫސުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން ސްރީލަންކާގެ ކޮލަމްބޯ ހިމެނޭހެން އެ ގައުމުގެ 18 ސަރަހައްދަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވެދާނެ ކަަމަށް ލަފާކޮށް ރެޑް އެލާޓް ނެރެފައި ވެއެވެ. މި ވިއްސާރަގައި ބައެއް ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ނުވަ މީހަކު މަރުވެފައިވެއެވެ. އަދި ދެ މީހަކު ގެއްލިގެން ރިޕޯޓްކޮށްފައި ވެއެވެ. މީގެ އިތުރުން އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވުމުގެ ސަބަބުން ބައެއް މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: