ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތް ކުރާ ކަމަށް ވަނީ ލޮލަށް ފެނުނީމަ އެކަނި އެއްނޫން: ނިޔާޒް

ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ކުރެވޭ މަސައްކަތްތައް ކުރާ ކަމަށް ވަނީ ހަމައެކަނި ކުރާ މަސައްކަތް ލޮލަށް ފެނުނީމަ ނޫންކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖއެވެ.

ސަންގު ޓީވީގެ ‘ހަބަރަށްފަހު’ ޕްރޮގްރާމުގައި ވާހަކަދައްކަމުން އަލީ ނިޔާޒް ވިދާޅުވީ ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ މަސައްކަތް ކުރަނީ ހަމަ އެކަނި ސައިޓުގައި ނޫންކަމަށެވެ. އަދި މަސައްކަތް ކުރިއަށް ގެންދިއުމަށް ކުރަން މުހިންމު ކަންތައް ކަމަށްވާ ސާވޭ ކުރުމާއި، މޮބިލައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ގުޅީފަޅުގައި އެޅުމަށް ސަރުކާރުން ރާވާފައިވާ ބްރިޖުގެ މަސައްކަތް ނުފެންނަ ކަމާއި މެދު ސުވާލުކުރުމުން ނިޔާޒް ވިދާޅުވީ ގުޅިފަޅުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތް ލޮލަށް ފެންނަ ހިސާބަށް ގެންނަން ބޭނުންވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

އަލީ ނިޔާޒް ވިދާޅުވި ގޮތުގައި، ސަރުކާރުން މި އަހަރަށް ލަފާ ކޮށް ހުށައަޅާފައިވާ ބަޖެޓުން ފުނިގެން ދަނީ ސަރުކާރުގެ ވައުދުތައް ކަމަށެވެ. އަދި މަޖިލީހަށް ބަޖެޓު ހުށައަޅަމުން މާލީ ވަޒީރު ވިދާޅުވި ފަދައިން މި ބަޖެޓުން ސަރުކާރުގެ ވައުދުތަކުގެ 90 އިންސައްތަ މަސައްކަތް ނިމިގެންދާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވަނީ ރާއްޖެއަށް ދުނިޔެއަށް ދިމާވި މިބަލިމަޑު ކަމުގެ ތެރޭގައި ދިވެހިރާއްޖޭގެ އިގްތިސޯދު ސަރުކާރުން މެނޭޖް ކުރިގޮތާއި މެދު ނިޔާޒް ވަނީ ހިތް ހަމަ ޖެހުން ފާޅުކޮށްފައެވެ. އަދި އިތުރަށް މި އަޑި ގަނޑުން އަރައިގަތުމަށް، މިހާރު ހުށައަޅާފައިވާ ބަޖެޓު އެންމެ ރަނގަޅު ކަމަށް ވެސް ނިޔާޒް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެކުލަވާލާފައިވާ ބަޖެޓު ތައްޔާރު ކުރެވިފަ އޮތީ ސަރުކާރުގެ ވައުދުތައް ފުދިގެންދާނެ ގޮތަށް ކަމަށް ނިޔާޒް ވިދާޅުވިއެވެ.

މެމްބަރު ނިޔާޒް ދެކޭ ގޮތުގައި 2022 ވަނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓަކީ ކުރިއަށް އޮތް ތަނުގައި ގައުުގެ ހާލަތާއި ދުނިޔެ އަށް ކުރިމަތި ވެފައިވާ ކޮވިޑު 19 ގެ ހާލަތުން ސަލާމަތްވެ ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމަކަށް އަނބުރާ ވާސިލުވެވޭނެ ބަޖެޓެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: