ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް 3 އަހަރު ފުރުމާއި ގުޅިގެން އަރި އަތޮޅު ކައުންސިލުން މަރުހަބާ ކިޔައިފި

މީގެ ކުރިން ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހުރިއްޔާ އަށާއި ސަރުކާރުގެ އެހެނިހެން އިސްވެރިންނަށް އަރި އަތޮޅު އުތުރުބުރީގެ ކައުންސިލުން މަރުހަބާ ކިޔައިފިއެވެ.

މަރުހަބާ ކިޔުމުގެ ގޮތުން އަރިއަތޮޅު ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި އެކައުންސިލުން ވަނީ ދުނިޔެއަށް ދިމާވި ކޮވިޑު 19 ގެ ބަލިމަޑު ކަމުގެ ތެރޭގައި ވެސް ދިވެހި ގައުމުގެ ތަރައްގީ އާއި ރައްޔިތުންގެ ސަލާމަތްތެރިކަން ޔަގީން ކުރުމަށް ސަރުކާރުން ކުރި މަސައްކަތްތަކަށް ޝުކުރު ދަންނަވާފައެވެ.

އެގޮތުން ގައުމުގެ މިނިވަން ކަމާިއ ސިޔާދަތު ދަމަހައްޓައި ގައުމު ކުރިއެރުވުމަށް ސަރުކާރުން ކުރި މަސައްކަތް ބަލައިގަންނަކަމަށް ނޫސް ބަޔާނުގައި ހިމަނާފައިވެއެވެ.

ރައްޔިތުންގެ ކުރިމަގަށްޓަކައި ގައުމު ތަރައްގީ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރި މަސައްކަތް ބަލައިގަންނަ ކަމަށް ވެސް އަރި އަތޮޅު ކައުންސިލުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: