ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުނދަގޫ ދުވަސްތަކެއްގައި ސަރުކާރުން ހޯދީ ބޮޑު ކާމިޔާބެެއް: ނަޝީދު

ެައީސް ނަޝީދުއާއި ރައީސް ސާލިޙް ބައްދަލު ކުރައްވަނީ ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަތި ދުވަސްތަކެއްގައި ސަރުކާރުން ބޮޑު ކާމިޔާބެއް ހޯދާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ސަރުކާރުގެ ތިން އަހަރަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހަށާއި އެމްޑީޕީ އަދި ސަރުކާރަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ވަރަށް ދަތި އުނދަގޫ ދުވަސްތަކެއްގައި ސަރުކާރުން ބޮޑު ކާމިޔާބެއް ހޯދާފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބީ ފާހަގަކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މިދިޔަ ތިން އަހަރުގެ ތެރޭގައި މިސަރުކާރުން ގިނަ ބޮޑެތި ބަދަލުތަކެއް ރައްޔިތުންނަށާއި ރާއްޖެއަށް ގެނެސްދީފައިވާ ކަން އުފަލާއެކު ފާހަގަކުރާ ކަމަށެވެ.

އެމްޑީޕީން ބުނީ ސަރުކާރުތަކުން ރައްޔިތުންނަށް ބިރުދެއްކުމާއި އަނިޔާވެރިކަން އިސްކޮށްގެން ކޮށްފައިވާ ކަންކަން މިދިޔަ ތިން އަހަރުގެ ތެރޭގައި ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: