ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓުގެ ބޭރުން ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ހިންގާކަން ފާހަގަކުރެވިފައި ނެތް: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު.
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޖެޓުގެ ބޭރުން ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ހިންގާކަން ފާހަގަކުރެވިފައި ނެތް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ރައީސް ސޯލިހާއެކު 3” ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގަނީ ބަޖެޓުގެ ތެރެއިންނާއި އެކި ގާނޫނުތަކުން ހުއްދަ ދީފައިވާ މިންވަރަކުން ކަމަށެވެ. އެހެންނަމަވެސް ބަޖެޓުން ބޭރުން ޕީއެސްއައިޕީ ޕްރޮޖެކްޓުތަކެއް ހިންގާކަން ފާހަގަކުރެވިފައިނުވާކަމަށް އަމީރު ވިދާޅުވިއެވެ.

އެހެންނަމަވެސް ކޮންޓެންޖެންސީގެ ތެރެއިން އިމަޖެންސީ ހާލަތެއްގައި ރައީސް އޮފީހުގެ ހުއްދައާއިއެކު މިފަދަ ޕީއެސްއައިޕީ ޕްރޮޖެކްޓެއް ހިންގާފައި އޮވެދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިސާލެއްގެ ގޮތުގައި ކޮވިޑްގެ ހާލަތުގައި ގާއިމްކުރި ކޮވިޑް ފެސިލިޓީތައް ފާހަގަކުރެއްވިއެވެ. އެގޮތުން 2020 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައެޅި ބަޖެޓުގައިވެސް އަދި 2020 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައިވެސް އެއްވެސް ފެސިލިޓީއެއް ގާއިމްކުރުމަށް އަދަދެއް ކަނޑައެޅިފައިނުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މަޝްރޫއުތައް ހިންގާއިރު ވީހާވެސް ބޮޑަކަށް ބަޖެޓްކޮށްފައި ހުރި މަޝްރޫއުތަކަށް އިސްކަންދޭކަމަށެވެ. އެހެންނަމަވެސް އިމަޖެންސީ ހާލަތުގައި ކޮވިޑް ފެސިލިޓީތައް ގާއިމްކުރިގޮތަށް ބައެއް ކުދި ކުދި މަޝްރޫއުތައް ހިންގިދާނެކަމަށް ވިދާޅުވިއެވެ. އަދި އެކަންކަން ކުރާނީ ގާނޫނީގޮތުން ލިބޭ ފުރުސަތުތަކެއްގެ ތެރެއިންކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި މިސާލެއްގެ ގޮތުން ގއ ވިލިގިލި ކޮވިޑް ފެސިލިޓީ އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީ ފާހަގަކުރެއްވިއެވެ.

ބަޖެޓުގެ ބަހުސް މަރުހަލާގައި ބަޖެޓުގައި ހިމެނިފައިނުވާ ކަންކަމަށް ހަރަދުކުރައްވާކަން މެމްބަރުން ފާހަގަކުރައްވާފައިވާތީ އެކަމާއި ގުޅޭގޮތުން ސުވާލުކުރެއްވުމުން މިނިސްޓަރ ވިދާޅުވީ ބަޖެޓުގެ ބަހުސް މަރުހަލާގައި ސިޔާސީގޮތުން ވަރަށް ގިނަ ވާހަކަތައްވެސް މެމްބަރުން ދައްކަވާކަމަށެވެ. އެހެންނަމަވެސް، ބަޖެޓުގެ ބޭރުން ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ހިންގާކަން ފާހަގަކުރެވިފައި ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: