ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރެކްޝަންސް އާއި ޑަރަގް އެޖެންސީ ގުޅިގެން ގައިދީންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ޖަލުތަކުގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަށް ހާއްސަކޮށް ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާއި ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެއްބަސްވުމުގައި ކަރެކްޝަންސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރު އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅެވެ. އަދި އެންޑީއޭގެ ފަރާތުން ސޮއިކުރެއްވީ އެކްޓިން ސީއީއޯ މުހައްމަދު ރަމީޒެއެވެ. އެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަހްމަދު ނަސީމް އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.

އެއްބަސްވުމުގެ ދަށުން ގައިދީނަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގާނީ އެ ކަމަށް ހާއްސަކުރެވިގެން ތަމްރީނުކުރެވޭ ކަރެކްޝަންސްގެ އޮފިސަރުނެވެ. އަދި އިންހައުސް ނުވަތަ ރެސިޑެންޝަލް ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު ބައިވެރިންނަށް ބޭނުންވާނެ އާފްޓާކެއާ ޕްރޮގްރާމާއި ޕްރޮގްރާމްގެ ސަސްޓައިނަބިލިޓީ ކަށަވަރުކުރުމަށްޓަކައި، ޑޭޓާ އެއްކުރެވިގެންދާނެ އެވެ.

އެ ޑޭޓާގެ މައްޗަށް ބިނާކޮށް ޕްރޮގްރާމް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ބަދަލުގެނައުމާއި، މުޖުތަމައަށް ނުކުންނަ ފަރާތްތައް މޮނިޓާ ކުރެވޭނެ އުސޫލުތައް ވެސް ކަނޑައެޅިގެންދާނެ ކަމަށް ކަރެކްޝަނުން ބުނެ އެވެ.

ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުންގެންދާ ގައިދީންގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހުކުމްކޮށްފައިވާ މީހުނެވެ. އެގޮތުން 2021 ގައި ޖަލަށް ހުކުމް ތަންފީޒީކުރުމަށް ގެންދިޔަ މީހުންގެ ތެރެއިން، އޮކްޓޫބަރު މަހާ ހަމައަށް މަސްތުވާތަކެތީގެ މައްސަލަތަކުގައި އަލަށް ހުކުމްކޮށްފައިވާ 184 ގައިދީން ވަނީ ޖަލަށް ގެންގޮސްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: