ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސެޕްޓެމްބަރު މަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ 127 މައްސަލައެއް

ޖިންސީ އަނިޔާއާއި ދެކޮޅަށް ހިންގުނު މުޒާހަރާއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންނަށް އަނިޔާކުރި 127 މައްސަލައެއް މިދިޔަ ސެޕްޓެމްބަރު މަހު ރިޕޯޓް ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން އާންމުކުރި ސެޕްޓެމްބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 127 މައްސަލަ އެ މަހު ވަނީ ރިޕޯޓުކޮށްފައެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 40 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އަދި ޖިސްމާނީ ހާނިއްކައިގެ 29 މައްސަލަގެ އިތުރުން، ޖިންސީ ގޯނާގެ 25 މައްސަލައެއް ރިޕޯޓް ކޮށްފައި ވެއެވެ.

މީގެ އިތުރުން ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 12 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 10 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 8 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުން އަދި ފުރައްސާރައިގެ ޝިކާރައްކަށްވުމުގެ ތިން މައްސަލަ، ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ދެ މައްސަލަ އަދި ކުދިން ދޫކޮށްލާފައި ދިއުމުގެ އެއް މައްސަލަ ހުށަހެޅިފައިވެއެވެ.

މީގެއިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 64 މައްސަލަ ސެޕްޓެންބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. އަދި ޢާއިލީ 36 މައްސަލައަކާއި، އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 15 މައްސަލައެއްގެ އިތުރުން ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ ހަ މައްސަލައެއް ވެސް ސެޕްޓެމްބަރުގައި ހުށަހަޅާފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: