ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޕީއެލްގެ ބައެއް ހިދުމަތްތައް ޑިޖިޓަލް ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ފޯރުކޮށްދެމުންދާ މެރިން އަދި ޕައިލަޓޭޖްގެ ހުރިހާ ޚިދުމަތްތަކަށް ރިކުއެސްޓްކުރުމާއި، އީޓީއޭ ހުށަހެޅުމާއި ފައިސާ ބަލައިގަތުމުގެ ޚިދުމަތް އޮޓަމޭޓްކޮށް، އޮންލައިންކޮށް ޚިދުމަތް ފަށައިފި އެވެ.

އެމްޕީއެލްއިން ބުނީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް ޒަމާނީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، “ބަނދަރު ޕޯޓަލް” ޕޯޓަލްގައި މެރިން އަދި ޕައިލަޓޭޖް ސާވިސަސް އަށް ހާއްސަކޮށްފައިވާ “މެރީން މޮޑިއުލް” މެދުވެރިކޮށް، މެރިން އަދި ޕައިލަޓޭޖް އިން ކަސްޓަމަރުން ބޭނުންވާ ހުރިހާ ޚިދުމަތްތަކަކަށް ރިކުއެސްޓްކުރެވޭނެ ކަމަށެވެ.

މި ގެނެވުނު ބަދަލަށް، ޝިޕިން އެޖެންޓުން އަހުލުވެރިކުރުމާއި، “މެރިން މޮޑިއުލް”ގެ މަޢުލޫމާތު ހިއްސާކުރުމުގެ ގޮތުން، މި ކުންފުނީގެ ޕައިލަޓޭޖް އެންޑް މެރީން ސާވިސް ޑިޕާޓްމަންޓާއި އައި.ޓީ ޑިޕާޓްމަންޓް އިން ޝިޕިން އެޖެންޓުންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހު ބާއްވައިފައިވާ ކަމަށާއި މި ބައްދަލުވުމުގައި ވަރަށް ގިނަ ޝިޕިން އެޖެންޓުން ބައިވެރިވި ކަމަށް އެމްޕީއެލްއިން ބުނެއެވެ.

އަދި މިއަދުން ފެށިގެން، މެރިން އަދި ޕައިލަޓޭޖްގެ ޚިދުމަތްތަކަށް ރިކުއެސްޓްކުރުމާއި، އީ.ޓީ.އޭ ހުށަހެޅުމާއި ފައިސާ ދެއްކުން އަދި މިކަމާ ގުޅޭ އެހެން ހިދުމަތްތަކަށް ވެސް ރިކުއެސްޓްކުރެވޭނީ ހަމައެކަނި “ބަނދަރު ޕޯޓަލް”ގެ “މެރިން މޮޑިއުލް” މެދުވެރިކޮށް ކަމަށް އެމްޕީއެލް އިން ބުނެެއެވެ.

އެމްޕީއެލް އިން ބުނީ މެރިން އަދި ޕައިލަޓޭޖްގެ ޚިދުމަތްތައް އޮޓަމޭޓްކުރުމާއެކު، މި ކުންފުނީގެ ކަސްޓަމަރުންނަށް ޚިދުމަތް ހޯދުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އެމްޕީއެލް އިން ބުނީ މި ކުންފުނީގެ މައިގަނޑު ހުރިހާ ޚިދުމަތްތަކަށް ރިކުއެސްޓްކުރުމާއި، ލިޔެކިއުން ހުށަހެޅުން އަދި ފައިސާ ދެއްކުން ވެސް އޮންލައިންކޮށް ކުރެވޭނެ ނިޒާމް އެ ކުންފުނިން ޤާއިމްކޮށްފައިވާ ކަމަށެވެ. އަދި ކަސްޓަމަރުންނަށް މިހާރު ފޯރުކޮށްދެމުންދާ ޚިދުމަތްތައް ވެސް އިތުރަށް ކުރިއަރުވައި ހަރުދަނާކުރުމަށް އެ ކުންފުނިން ކުރިއަށް އޮތް ތަނުގައި އިތުރު މަސައްކަތްތަކެއް ކުރާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: