ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ 3 އަހަރުތެރޭ ދީނަށް ފުރައްސާރަކުރި 21 މައްސަލައެއް ބަލައި ތިން މައްސަލައެއް ދައުވާކުރަން ފޮނުވި!

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު— ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވި ތިން އަހަރުގެ ތެރޭގައި އިސްލާމް ދީނަށް ފުރައްސާރަކުރި 21 މައްސަލައެއްގެ ތަހުގީގު ކުރި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ މިހެން ވިދާޅުވީ ދީނާ ދެކޮޅު ކަންކަން ކުރާ މީހުންނަށް ފިޔަވަޅު ނާޅާ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީޕީ ހަމީދު ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާ ކަމަށާއި ހަރުކަށި ފިކުރު ކޮންޓްރޯލުކުރުމަށް ހާއްސަ މަސައްކަތްތަކެއް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ، މިދިޔަ ތިން އަހަރުގެ ތެރޭގައި ދީނާ ދެކޮޅު 21 މައްސަލައެއް ބަލައި އޭގެ ތެރެއިން ތިން މައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

“މިދިޔަ ތިން އަހަރުގެ ތެރޭގައި ދީނީ އަގީދާއާ ދެކޮޅަށް އެއްޗެއް ބުނެގެން 21 މައްސަލައެއް ފުލުހުން ތަހުގީގުކޮށްފައިވޭ. އޭގެ ތެރެއިން ތިން މައްސަލައެއް މިދިޔަ ދެ އަހަރުގެ ތެރޭގައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައި،” ހަމީދު ވިދާޅުވިއެވެ.

މީގެ އިތުރުން ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ޓެރެރިޒަމް ގަނޫނުގެ ދަށުން 48 މީހަކު ހިފައި ހައްޔަރު ކުރި ކަމަށް ސީޕީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: