ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ރައްޔިތުން ބަނޑަށް ޖައްސަނީ އެނގިތިބެ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ރައްޔިތުން ބަނޑަށް ޖައްސަނީ އެނގިތިބެކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ހިމެނޭ ބައެއް ކަންކަމަށް އަމަލުކުރުން އިސްތިސްނާކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓްރީއިން ފޮނުވާފައިވާ ސިޓީ، މަޖިލީހުގެ މާލިއްޔަތު ކޮމެޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުން ދިވެހި ރައްޔިތުން ބަނޑަށް ޖައްސައިފި ކަމަށެވެ. އަދި އެކަން ކުރަނީ ސަރުކާރުން އެނގިތިބެކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުން ދިވެހި ރައްޔިތުންގެ ފައިސާ ބޭނުންކުރަމުންދަނީ ހިތުހުރިހާ ގޮތަކަށް ކަމަށެވެ. މާލިއްޔަތު ކޮމެޓީގެ މުގައްރިރު ފާހަގަކުރައްވާފައިވާ ބައެއް ކަންކަމަށް އަލިއަޅުއްވާލައްވައި ޝިޔާމް ވިދާޅުވީ އާމްދަނީގެ ގޮތުގައި އިތުރު 723 މިލިޔަން ރުފިޔާ ހޯދާނެކަމަށް ވިދާޅުވީ އެއްވެސް ދިރާސާއެއް ހެދުމެއްނެތި ކަމަށެވެ. އަދި ފައިސާ ޗާޕްކުރުމުން ޑޮލަރަށް އޮންނަ ޑިމާންޑް މަތިވަމުންދާ ކަމަށާއި ތަކެތީގެ އަގު އުފުލެމުންދާކަން މުގައްރިރު ފާހަގަކުރައްވާފައިވާއިރު ސަރުކާރުން މިކަންކަން މިކުރައްވަނީ އެނގިތިބެ ރައްޔިތުން ބަނޑަށް ޖެއްސުމަށްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ފައިސާ ޗާޕްކުރުމުގެ ހުއްދައަށް އެދި މަޖިލީހަށް ސިޓީ ފޮނުވި މިއީ ތިންވަނަ ފަހަރުކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ މިހާރު ސަރުކާރު ހިންގުމަށް ކޮމްޕިޔުޓަރެއްވެސް ބޭނުންނުވާ ކަމަށެވެ. އޭގެ ބަދަލުގައި ރައީސް އޮފީހުގެ ފުރާޅުމަތީގައި ފައިސާ ޗާޕްކުރާ މެޝިނެއް ބެހެއްޓުމުން ގައުމު ހިނގާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

“ފައިސާ ޗާޕްކުރަން ފޮނުވާ ކޮންމެ ފަހަރަކު މަރަދޫ ދާއިރާގެ މެމްބަރު ވިދާޅުވާނެ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ރައްޔިތުންނަށް ކާން ދިނުމޭ. ގައުމު ބަނޑަށް ޖެހުމުން ސަލާމަތް ކުރާކަށް ނޫންހޭ. އިއްޒަތްތެރި ރައީސް! އަޅުގަނޑަށް މިހާރު ނުފެނޭ ކޮމްޕިޔުޓަރެއްގެ ބޭނުމެއްވެސް. ފައިސާ ޗާޕްކުރާ މެޝިނެއް ރައީސް އޮފީސް ފުރާޅު މަތީގައި ބެހެއްޓުމުން ގައުމު ހިނގާނެ!” ޝިޔާމް

މިވަގުތު އޮތް ދެ ގޮތަކީ ގައުމު ބަނގުރޫޓުވުން ނުވަތަ ފައިސާ ޗާޕްކުރުންކަމަށް މާލިއްޔަތު ކޮމެޓީގެ މުގައްރިރު ވިދާޅުވެފައިވާތީ އެކަމަށް ފާޑުވިދާޅުވެ މެމްބަރު ޝިޔާމް ވިދާޅުވީ ރައްޔިތުން މިވަގުތު މިތިބީ ގަން ޕޮއިންޓްގައި ކަމަށެވެ. އަދި އޮތް ގޮތަކީ ބަނގުރޫޓުވުމާއި ފައިސާ ޗާޕްކުރުން ނޫން ކަމަށާއި އޮތް ހަމައެކަނި ގޮތަކީ ރައްޔިތުން ނުކުމެ ގާނޫނީ އިމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަޒުލުކުރުންކަމަށް މެމްބަރު ޝިޔާމް ވިދާޅުވިއެވެ. އެނޫން ގޮތަކަށް ގައުމު ސަލާމަތްކުރެވެން ނެތްކަމަށް މެމްބަރު ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ގައުމުގެ ދަރަނި ބިލިޔަނުން މައްޗަށް އަރައިގެން ގޮސްފައިވާއިރު އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރުވެސް ގައުމު ދަރަނިވެފައިވާކަމަށް މެމްބަރު ޝިޔާމް ވިދާޅުވިއެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއި ވޯލްޑް ބޭންކްއިން ދޭ އެއްވެސް އިރުޝާދަކަށްވެސް ތަބާނުވާކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަ ޑުރޯ ކުރަން ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދައިގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރު ކޮށްދިނުމަށް އެދި މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ އެ މުއްދަތު ތިންވަނަ ފަހަަރަށް އިތުރުކޮށް 2023 އޭޕްރީލް މަހާ ހަަމައަށް ދަންމާލަން އެދިވަޑައިގެންފަ އެވެ.

އެ ސިޓީގައި ވަނީ ވޭތުވެދިޔަ 18 މަހެއްހާ ދުވަހުގެ ތެރޭގައި މި އިސްތިސްނާގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި، ޚިދުމަތްތަކަށް ބުރޫ އެރިޔަނުދީ، ދައުލަތް ހިންގުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށެވެ. މީގެ އިތުރުން، އިޤްތިސާދީގޮތުން ފުން ވަޅުގަނޑަކަށް ރާއްޖެ ވެއްޓުނު ވަގުތު، ވިޔަފާރިތަކަށާއި އާއްމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ކޮވިޑް-19 އާ ގުޅިގެން ކުރަން ޖެހުނު ސިއްޙީ ހޭދަތަކާއި ރައްކާތެރިކަމަށް ކުރަން ޖެހުނު ޚަރަދުތައް ހަމަޖެއްސުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށެވެ.

ވެކްސިނާއެކު ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އުންމީދީ ނިޝާންތަކެއް ފެނި، ބޯޑަރުހުޅުވާލުމާއެކު ރާއްޖޭގެ ފަތުރުވެރިކަމާއި އިގުތިސާދީ ދުވެލި ބާރުވަމުން ދިޔަނަމަވެސް، މިހާތަނަށްވެސް ދުނިޔެއަށް މި ބަލިމަޑުކަމުން ފުރިހަމައަށް އަރައިގަނެވިފައި ނުވުމާއި، އިގުތިސާދީ ހިރާސްތައް އަދިވެސް މަތިކޮށް ހުރުމާއި، ކުރު މުއްދަތެއްގެ ތެރޭގައި ޕަބްލިކް ބޭންކް އެކައުންޓް ގެ އޯވަރޑްރޯ ކުރި އަދަދު އަނބުރާ ދެއްކުމަކީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖް ކުރުމުގަޔާއި ދައުލަތުގެ ބަޖެޓު ތަންފީޒުކުރުމުގައި ދަތިތަކާ ކުރިމަތިވެދާނެ ކަމެއްކަމަށް މިނިސްޓަރގެ ސިޓީގައި ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: