ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަޑިޖެހިގެން ޖޫރިމަނާވީ ޕީޖީ އޮފީހުގެ ތަޖުރިބާކާރު ވަކީލުން، ދިފާއެއް ނުކުރެވޭނެ: ޕީޖީ

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުން ސުޕްރީމް ކޯޓުގެ ޝަރީއަތަށް ގަޑިޖެހިގެން ހާޒިރުވުން ދިފާއެއް ނުކުރެވޭނެ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުގެ ވަކީލުން ގަޑިޖެހުނީ ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު 12 އަހަރަށް ޖަލަށްލުމަށް ހުކުމްކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމަށެވެ.

ޝަރީއަތް ފެށުމަށް ހަމަޖައްސާފައި އޮތީ ހެނދުނު 9:00 ޖަހާއިރު އެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޝަރީއަތަށް ޕީޖީ އޮފީހުގެ ވަކީލުންނަށް ހާޒިރުވެވުނީ އޭގެ 11 މިނެޓް ފަހުންނެވެ.

އެކަން ތަކުރާރުނުކުރަން އިލްތިމާސް ކުރައްވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ޕީޖީގެ ވަކީލުން 250 ރުފިޔާ އިން ޖޫރިމަނާކުރައްވާފަ އެވެ.

މިކަމާ ގުޅިގެން ޕީޖީ ޝަމީމް ވިދާޅުވީ މި ނިންމުމަށް ފުރިހަމައަށް ތާއީދު ކުރާ ކަމަށެވެ. އަދި ވަގުތަކީ ވަގުތު ކަމަށާއި ގަޑިޖެހިއްޖެނަމަ، އޭގެ ނަތީޖާއާ ޖެހޭނީ ކުރިމަތިލާން ކަމަށް ޕީޖީ ވިދާޅުވިއެވެ.

”ޖޫރިމަނާވީ ޕީޖީ އޮފީހުގެ ތަޖުރިބާކާރު ވަކީލުންނެވެ. މިކަމުން ދަތިތަކެއް ކުރިމަތިވިޔަސް، މިކަމެއް އަޅުގަނޑަކަށް (މުއައްސަސާއަކަށްވެސް) ދިފާޢެއް ނުކުރެވޭނެއެވެ.” ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
38%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 38%ބޮޑު ޖޯކެއް 13%ހައިރާންވެއްޖެ 0%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: