ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކަނި ނިންމޭނެ ނިންމުމެއް ނަމަ ހިޔާ ފްލްޓުތައް ތަޅާލީމުސް: އަސްލަމް

ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު އަސްލަމް މަޖިލީހުގެ ޖަލްސާއެއްގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓުތަކަކީ މީހުން ދިރިއުޅެން ކަމުދާ ތަނެއް ނޫންކަމަށާއި ހިޔާ ފްލެޓުތައް ތަޅާލަންވެސް ވިސްނިކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިނިސްޓަރ އަސްލަމްއަށް ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ހުޅުމާލޭގެ ދެވަނަ ފޭސްގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓުތަކަށް މީހުން ވެއްދުމުމަށްފަހު އެއްވެސް ވަރަކަށް ތަނުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތެއް ކުރައްވަންތޯ ސުވާލުކުރައްވާފައެވެ. އަދި ހުޅުމާލޭގެ ދެވަނަ ފޭސްއަށް އޮތް ޕްލޭނަކީ ކޮބައިތޯ މެމްބަރު ޝިޔާމް ސުވާލުކުރެއްވިއެވެ.

ސުވާލުގެ ޖަވާބުގައި ވިދާޅުވީ ހިޔާ ފްލެޓުތަކަކީ މީހުން ދިރިއުޅެން ހެޔޮނުވާވަރުގެ ތަނެއްގެ ގޮތުގައި ސިފަކުރީ މިސަބަބުތަކަށްޓަކައި ކަމަށެވެ. މިވަގުތު ހިޔާ ފްލެޓްތައް ކުށުގެ ހާއްޔަކަށް ވެފައިވާ ކަމަށާއި ހިޔާ ފްލެޓްތަކަކީ ކޮތަރު ކޮށިތަކަކަށް ވާނެކަމަށް ކުރިންވެސް ފާހަގަކުރީ މިސަބަބުތަކަށްޓަކައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ 7000 ފްލެޓު ކައިރި ކައިރީގައި އެޅުމަށް ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ކަމަށެވެ. އެސަރަހައްދުގެ އާބާދީ އައްޑޫ ސިޓީގެ އާބާދީއަށްވުރެ ބޮޑުވެފައިވާ ކަމަށާއި އެއީ ހެދި ބޮޑު ގޯހެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.

“އަޅުގަނޑުމެންނާއި ހަމައަށް އައިއިރު މަސައްކަތް އޮތީ ނުހުއްޓޭނެ މިންވަރަށް ކުރިއަށް ގެންގޮސްފަ. ވިސްނިން ތަަޅާލަންވެސް! އަޅުގަނޑު އަމިއްލައަށް އެކަނި ނިންމޭނެ ނިންމުމެއް ނަމަ ތަޅާލީމުސް!” މިނިސްޓަރ އަސްލަމް

މިނިސްޓަރ އަސްލަމް ވިދާޅުވީ ތަނަކީ ކޮތަރު ކޮށްޓެއްގެ ގޮތުގައި ސިފަކުރުމުން އޭރު ގޯސްވީ އެވާހަކަތައް ދެއްކި މީހުންކަމަށެވެ. އަދި ތަނަކީ ޖާގައިގެ ގޮތުން ކިތަންމެ ކުޑަތަނަކަށް ވިޔަސް އެތަންތަން ދިނުމަށް ގޮވާލަމުންދިޔަ ކަމަށާއި މިހާރު އެހުރީ ތަންތަން ހަވާލުކޮށްފައި ކަމަށެވެ. އަދި މިހާރު މިފެންނަނީ އެތަން ދިނުމުން ދިމާވާ މައްސަލަތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ޑްރަގްގެ މައްސަލަ އެބްއޮތް. އެހާ ކުޑަކުޑަ ތަންކޮޅަކަށް އެހާ ގިނަ މީހުން ވެއްދީމަ ވާނެ ގޮތުގެ ވާހަކަ މިދައްކަނީ.” މިނިސްޓަރ އަސްލަމް

މިނިސްޓަރ ވިދާޅުވީ ތަނުގައި މީހުން ދިރިއުޅެން ފެށުމާއެކު ސަރުކާރުން އެތަންތަން ބަލަހައްްޓާނެ ކަމަށެވެ. އަދި ކުރިއަށް އަންނަން އޮތް ހުރިޙާ ސަރުކާރަކުންވެސް އެތަންތަން ބަލަހައްޓާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާ ހިސާބަށް ކަންކަން ދިޔައީ ގޯސް ނިންމުމެއްގެ މައްޗަށް ކައިރިކައިރީގައި 7000 ހައުސިން ޔުނިޓު އަޅާއި 35،000 އާއިލާއިން އެތަނުގައި ދިރިއުޅެން ފެށުމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާރު ކުރަންޖެހޭނެކަމަކީ ސަރުކާރުން އެތަންތަން ބެލެހެއްޓުން ކަމަށާއި ފުލުހުންވެސް އެތަންތަނަށް ވަދެ އެތަނުގައި ހިންގަމުންދާ ކުށްތައް ހުއްޓުވަންޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހިޔާ ފްލެޓުތައް ކޫށުގެ މާހައުލަކަށް ބަދަލުވެފައިވާއިރު ފްލެޓުތަކުގެ ސިޑި ގޮޅީގައާއި އެނޫންވެސް ތަންތަނުގައި މަސްތުވާތަކެތި ބޭނުންކުރުން ވަނީ އާންމުވެފައެވެ. ފްލެޓުތަކަށް ވަނުމުގެ ކުރިން ފިނިޝިން މަސައްކަތްތައް ކުރަމުންދިޔައިރުވެސް، ވައްކަންކުރުން ފަދަ ކުށްތައް އާންމުވެފައިވާތީ އެކަމުގެ ކަންބޮޑުވުންތައްވެސް ގިނަ ބަޔަކު ދިޔައީ ފާޅުކުރަމުންނެވެ. އެހެންނަމަވެސް ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެކަށީގެންވާ ރައްކާތެރިކަން މިހާރުވެސް ފޯރުކޮށްދީފައިނުވާތީ ގިނަ ބަޔަކު އަންނަނީ އެކަމުގެ ނުރުހުން ފާޅުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: