ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޓީ ރިޕޯޓް އޮތީ އެމްއެމްއޭގެ މިނިވަންކަމަށް އަރައިގަނެވޭ ގޮތަށް: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ފައިސާ އިތުރަށް ޗާޕް ކުރުމުގެ ހުއްދައިގެ މުއްދަތު އެއް އަހަރަށް އިތުރުކުރަން ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ މައްސަލައި މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓް އޮތީ އެމްއެމްއޭގެ މިނިވަން ކަމަށް ވަދެވޭ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރިޔާސަތު ބަަލަހައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މަސައްކަތަކީ ފައިސާ ޗާޕުކުރަން ހުއްދަ ދިނުމުގެ ގޮތުން ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ހަމަތަކާއި އުސޫލުތަކަށް އަމަލު ކުރުމުގެ ބައެއް މާއްދާތައް އިސްތިސްނާ ދިނުން ކަމަށެވެ. އަދި އެމްއެމްއޭގެ މަސްއޫލިއްޔަތަކީ މަޖިލީހުން އެންގި ގޮތަށް އަމަލުކުރުން ކަމަށެވެ.

ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ ރިޕޯޓުގައި އެކަން ހިންގާނެ ގޮތް ވެސް ބަޔާންކޮށްފައިވާތީއެވެ.

“މިތަފްސީލަކީ މަރުކަޒީ ބޭންކްގެ އިންޑިޕެންޑެންސަށް، މިނިވަންކަމަށް އަރައިގަނެވޭ ތަފްސީލެއްގެ ގޮތުގައި ފާހަގަކުރެވޭނެ. ހާއްސަގޮތެއްގަ ބައިނަލްއަގްވާމީ މާލީ އިދާރާތަކަށް އެބާވަތުގެ ކަންކަން ފާހަގަކުރެވޭނެ.” ރައީސް ނަޝީދު ވިދާޅުވިއެވެ.

2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސަރުކާރުން ޗާޕް ކޮށްފައިވާ ފައިސާގެ އަދަދު މިހާރު ވެސް ހަތަރު ބިލިއަނަށް ވުރެ މައްޗަށް ގޮސްފައި ވާއިރު ފައިސާ ޗާޕް ކުރުމަކީ ޑޮލަރުގެ އަގު ވެއްޓި ތަކެތީގެ އަގު ބޮޑުވެގެން ދާނެ ކަމެއް ކަމަށް އިގުތިސާދީ މާހިރުން ވެސް އަންނަނީ ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: