ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާސްކް ސްޕީކަރ މެދުވެރިކޮށް އަނެއްކާވެސް ރައީސް ނަޝީދާއި ސުވާލުކުރުމުގެ ފުރުސަތު!

ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން އާންމުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް މިފަހަރުވެސް “އާސްކް ސްޕީކަރ” ޕްރޮގްރާމް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާ އޮންނާނެ ތާރީހެއް އަދި މިހާތަނަށް ސާފުވެފައެއް ނެތެވެ. އާސްކް ސްޕީކަރ ޕްރޮގްރާމަކީ މަޖިލީހުގެ އެދައުރެއްގެ ފަހު ޖަލްސާއަށްފަހު މަޖިލީހުގެ ރައީސާއި ސުވާލުކުރުމަށް ހުޅުވާލައި ބާއްވާ ޕްރޮގްރާމެކެވެ.

މިފަހަރު “އާސްްކް ސްޕީކަރ” ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ 30 ނޮވެމްބަރުވާ އަންގާރަ ދުވަހުގެރެއެވެ. މިއީ މަޖިލީހުގެ މަސައްކަތްތަކާއި ކަންތައްތަކާއި ގުޅޭގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ ސުވާލުކުރުމުގެ ފޯރަމެކެވެ. މިއީ “އާސްކް ސްޕީކަރ” ބާއްވާ ހަތަރުވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ސުވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ސުވާލު ފޮނުއްވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ޕްރޮގްރާމުގައި ކްލަބްހައުސް މެދުވެރިކޮށް ލައިވްކޮށް ސުވާލުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނަން ނޯޓުކުރެއްވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން ސުވާލުކުރައްވާ ފަރާތުގެ ނަމާއި އައިޑީ ކާޑު ނަމްބަރާއި ކްލަބްހައުސް އައިޑީ 7234566 އަށް ފޮނުވުމަށް މަޖިޅީހުގެ އިދާރާއިން ވަނީ އެދިފައެވެ. 30 ނޮވެމްބަރުގެ މެންދުރު 2:00 ގެ ނިޔަލަށް ނަން ނޯޓުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރު 7234566 އަށް ސުވާލު ފޮނުވައިގެންވެސް ރައީސް ނަޝީދާއި ސުވާލުކުރެއްވޭނެއެވެ. މިނަމްބަރަށް ވައިބަރ، ޓެލެގްރާމް އަދި ވަޓްސްއެޕް މެދުވެރިކޮށް ވީޑިޔޯ އަދި ޓެކްސްޓް މެސެޖުވެސް ސުވާލުގެ ގޮތުގައި ފޮނުވޭނެކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތައް، ސުވާލު ޕޯސްޓު ކުރައްވާއިރު #AskSpeaker ބޭނުންކުރުމަށްވެސް މަޖިލީހުގެ އިދާރާއިން އެދިފައިވެއެވެ.

“އާސްކް ސްޕީކަރ” ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްނެގުމަކަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ދައުލަތުގެ މީޑިޔާ ގުޅިގެން ބާއްވާ ލައިވް ޕްރޮގްރާމެކެވެ. މިއީ، މިގޮތަށް އާންމުކޮށް ރައްޔިތުންނަށް ހުޅުވާލައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ބާއްވަވާ ހަތަރުވަނަ ޕްރޮގްރާމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: