ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެެރިންގެ ޝަކުވާތަކަށް ކަމާބެހޭ ވުޒާރާތަކުން އިޖާބަދޭން ޖެހޭ: ނާޒިމް

ދަގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެެރިންގެ ޝަކުވާތަކަށް ކަމާބެހޭ ވުޒާރާތަކުން އިޖާބަދޭން ޖެހޭ ކަމަށް ދަނގެތި ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ގަވާއިދާ ހިލާފަށް ވަދެ މަސްވެރިކަން ކުރާ ބޭރުގެ ބޯޓް ފަހަރު އިތުރުވަމުންދާތީ އެކަމާއި ގުޅިގެން މަސްވެރިންގެ ކަންބޮޑުވުން އިތުރުވަމުންދާތީ އެވެ.

ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ފުރިހަމައަށް މޮނިޓާކޮށް ދިވެހި ކަނޑުތަކަށް ވަންނަ ބޭރުގެ މަސްބޯޓުތައް މިހާރަށްވުރެ ފުރިހަމައަށް މޮނިޓާ ކުރެވެން ޖެހޭ ކަމަށެވެ. އަދި ދިވެހި މަސްވެރިންގެ ޝަކުވާތަކަށް ކަމާބެހޭ ވުޒާރާތަކުން މިހާރަށްވުރެ ބޮޑަަށް އިޖާބަދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އެ ހަފްތާގެ ކޮންމެ ދުވަހަކުވެސް ޤަވާއިފާ ޚިލާފަށް މަސްވެރިކަން ކުރާ ބޭރުގެ ބޯޓްފަހަރު ރާއްޖޭ ސަރަހައްދުން ފެނިފައިވާކަމަށާއި އެމީހުން މަސްވެރިކަން ކުރަނީ ދާ އަޅައިގެން ކަމަށް މަސްވެރި ދޯނިތަކުން ބުނެއެވެ.

މި ބޯޓްތައް ފެނުނީ އިހަވަންދޫން ފެށިގެން 25 މޭލާއި 75 މޭލާ ދެމެދުން ކަމަށް މަސްދޯނިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: