ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތ. އަތޮޅުގެ 12 ރަށުގައި ސޯލާ ހަރުކުރުމަށް ބަޔަކާ ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ތ. އަތޮޅުގެ މީހުން ދިރިއުޅޭ 12 ރަށުގައި ސޯލާ ޕީވީ ބެޓެރީ – ޑީސަލް ހައިބްރިޑް ސިސްޓަމް ޤާއިމުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ތެލަށްބަރޯސާވާ މިންވަރު ކުޑަކޮށް، ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ގުދުރަތީ ވަސީލަތްތައް ހޯދައި، އެވަސީލަތްތައް ބޭނުންކުރުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މިޕްރޮޖެކްޓުގެ ދަށުން ތ.އަތޮޅުގެ މީހުން ދިރިއުޅޭ 12 ރަށުގައި ޖުމްލަ 2.5 މެގަވޮޓްގެ އިރުގެ އަލި ބޭނުންކޮށްގެން ހަކަތަ އުފެއްދޭނެގޮތް ޤާއިމުވެގެންދާނެ ކަމަށެވެ. މީގެއިތުރުން 975 ކިލޯވޮޓުގެ ބެޓެރީ ސިސްޓަމް ޤާއިމުކުރުމާއި 3،180 މީޓަރުގެ ކޭބަލުއެޅުމާއި ޒަމާނީ ފެންވަރުގެ ޖެނެރޭޓަރ ކޮންޓްރޯލް ޕެނަލް ބެހެއްޓޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މީގެ ސަބަބުން، އަހަރަކު 1.2 މިލިއަން ލިޓަރުގެ ޑީސަލް، ފައިސާ އިން ހިސާބު ހަދާނަމަ 12 މިލިއަން ރުފިޔާ ސަލާމަތްކުރެވި ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 2،900 ޓަނުގެ ސީއޯ ޓޫ މަދުކުރެވޭނެ ކަމަށެވެ. މި ކޮންޓްރެކްޓްގެ ދަށުން ޙަވާލުކުރެވޭ މަސައްކަތްތައް 360 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.

2018 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި ޤާއިމުކޮށްފައި ހުރީ 16.5 މެގަވޮޓުގެ ސޯލާ ޕީވީ ކަމަށް މިނިސްޓްރީން ބުނެއެވެ. ނަމަވެސް އެ ޢަދަދު މިހާރު 36.5 މެގަވޮޓަށް އިތުރުކުރެވިފައިވާ ކަމަށާއި އެއީ 45 ޕަސެންޓުގެ ކުރިއެރުމެއް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: