ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިޔާ އައުޓް ކެމްޕެއިންގެ ސަބަބުން ރައްޔިތުންނަށް ވެދާނެ ގެއްލުމަކާއިމެދު ކަންބޮޑުވޭ: އަސްލަމް

ހިތަދޫ އުތުރު ދާއިރަގެ މެމްބަރު އަދި 241 ކޮމެޓީގެ މުގައްރިރު މުހައްަމދު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިޔާ އައުޓް ކެމްޕެއިންގެ ސަބަބުން ރައްޔިތުންނަށް ވެދާނެ ގެއްލުމަކާއިމެދު ކަންބޮޑުވާކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އިންޑިޔާއާއި ރާއްޖެއާއި ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ކަންކަން ހާމަކޮށްދިނުމަށް އެދި މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ހުށައަޅުއްވާފައިވާ މައްސަލަ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީއިން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް މިއަދު ވަނީ ހުށައަޅާފައެވެ. މިކޮމެޓީ ރިޕޯޓަށް މެމްބަރު އާދަމް ޝަރީފް ވަނީ ބައެއް އިސްލާހުތައްވެސް ހުށައަޅާފައެވެ. އެ އިސްލާހުތަކުގައި ވަނީ އިންޑިޔާއާއެކު ރާއްޖެއިން ހަދާފައިވާ އެއްބަސްވުންތައް މެމްބަރުން އަތަށް ދީގެން ދިރާސާކުރުމަށެވެ. އަދި އެހެން ގައުމެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ނުތިބެވޭނެގޮތަށް ސަރުކާރުގެ ސިޔާސަތު ބަދަލުކުރުމަށްވެސް ވަނީ ހުށައަޅާފައެވެ.

މިމައްސަލަ މިފަދަ ގޮތަކަށް ބަލައި، އިންޑިޔާ އައުޓް ކެމްޕެއިން ކުރިއަށްގެންދާތީ ސަރުކާރަށް ތާއީދުކުރާ ވަރަށް ގިނަ މެމްބަރުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ (241 ކޮމެޓީގެ) މުގައްރިރުކަންވެސް ކުރައްވަމުން ގެންދަވާ މެމްބަރު އަސްލަމް ވަނީ މެމްބަރު އާދަމް ޝަރީފަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ކުރިން ޑިފެންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އަދި ދައުލަތަށް އެތައް ދުވަހަކު ހިދުމަތް ކުރައްވާފައިވާ ބޭފުޅަކު ކަމުގެ ހަގީގަތާއި ހިލާފަށް ވާހަކަފުޅު ދެއްކެވުމުން ކަންބޮޑުވާކަމަށް ވިދާޅުވިއެވެ.

“މިއީ އެއްބަސްވުމެއްވެސް ނޫން. މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އަކާއި ލެތަރ އޮފް އެކްސްޗޭންޖްއެއް ޑޯނިޔާ ކަންކަމާއި އެނޫންވެސް ކަންކަމުގައި އޮތީ. އެއްބަސްވުމަކަށް އޮތީ 2016 ވަނަ އަހަރު ޑިފެންސް ކޯޕަރޭޝަންގެ ދަށުން އެކުލަވާލާފައި އޮތް އެއްބަސްވުމެއް.” އަސްލަމް

މީގެ އިތުރުން އަސްލަމް ވިދާޅުވީ، އިންޑިޔާ އައުޓްގެ ނަމުގައި އިދިކޮޅުން ކުރިއަށްގެންދާ ކެމްޕެއިންގެ ސަބަބުން ދިވެހިންނަށް ވެދާނެ ގެއްލުމަކާއިމެދު ކަންބޮޑުވާ ކަމަށެވެ. އިދިކޮޅުން ބާއްވާ އެއްވުންތަކާއި ފަތުރަމުންދާ ދޮގު މައުލޫމާތުތަކުގެ ސަބަބުން ދިވެހިންނަށް ވެދާނެ ގެއްލުމަކާއިމެދު ބިރުގަންނަކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ސިޔާސީ ކަންކަން ކުރިއަށްގެންދިޔަ ކަމުގައިވީނަމަވެސް ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމަށް ބުރޫ އަރުވައިގެން ނުވާނެ ކަމަށެވެ. ޚާއްސަކޮށް އިންޑިޔާއާއި ރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުމަށް ބުރޫ އެރުވުމަށް މި އުފައްދާ ފިތުނައިގެ ސަބަބުން ކަންކަން ގޯހުން ގޯހަށް ހިނގައިދާނެކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި މިފިތުނައިގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ނުރައްކާވެދާނެކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ކޮމެޓީ ރިޕޯޓަށް ބަހުސްކުރައްވަމުން މެމްބަރު އަސްލަމްގެ އިތުރުން އެމްޑިޕީގެ އެހެން ބައެއް މެމްބަރުންވެސް ވަނީ މިކަމާއިމެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން އިންޑިޔާ އައުޓް ހަރަކާތަކީ ޗައިނާއިން ފަންޑް ހޯދައިގެން ކުރިއަށްގެންދާ ޗަރުކޭހެއްކަމަށްވެސް އެމްޑީޕީ މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: