ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންގެ ވިޔަފާރި ހަނިކުރާ ބިލު ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީން ހިންގާ ވިޔަފާރިތައް ހަނިކޮށް ދިވެހި ކުދި ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަ ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަަށް އިސްލާހެއް ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމެވެ. އެ ބިލު ފާސްކޮށްފައިވަނީ 53 މެމްބަރުންގެ ވޯޓާއެކު އެވެ.

މި ބިލުގެ ބޭނުމަކީ ދިވެހިން ނިވާފަތްގަނޑަކަށް ވެގެން ސީދާ ގޮތުންނާއި ނުސީދާކޮށް ބިދޭސީން ހިންގާ ވިޔަފާރިތަކުގެ ސަބަބުން ރާއްޖޭގެ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި އާއި ދިވެހި ރައްޔިތުންނަށް ލިބޭ އިގުތިސޯދީ ފުރުސަތުތައް ހަނިވިޔަ ނުދިނުމަށް ފިޔަވަޅު އެޅޭނެ އިންތިޒާމް ހަމަޖެއްސުމެވެ. އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަަކަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކޮށް ހާލަތު ދެނެގަނެ ކަންކަން ރަަނގަޅު ކުރުމެވެ.

އެ ބިލުން ގާނޫނަށް އަލަށް ގެންނަ އިސްލާހެއްގެ ގޮތުގައި، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށްޓަކައި ހިންގާ ވިޔަފާރިއެއް ކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ރަޖިސްޓްރާއަށް ގަބޫލު ކުރެވޭނަމަ އެ ވިޔަފާރީގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ކަމަށް ވަނީ ހިމަނައިފައެވެ.

އޭގެ އިތުރުން މަސްއޫލުވެރިޔާގެ ފަރާތުން ވިޔަފާރި ހިންގުމުގެ ޒިންމާ އުފުލުމަށް އައްޔަންކުރާ ފަރާތުގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމަށްވުމާއި ރާއްޖޭގައި

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: