ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

އިދިކޮޅުން އިންތިޒާމުކޮށްގެން ބޭއްވި އިހުތިޖާޖުގެ ތެރެއިން ރައީސް ޔާމީން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑާ ކުރިކަން ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލުކުރަން މިއަދު ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ރައީސް ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކުރި އެވެ.

އެ މައްސަލަ ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށް 22 އިސްތިއުނާފީ ނުކުތާއެއް ހުށަހެޅި އެވެ. ދިގުދެމިގެން ދިޔަ މައްސަލައިގެ އަޑުއެހުންތައް މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ނިންމައިލި އެވެ. ނަމަވެސް މިމަހުގެ 18 ވަނަ ދުވަހު ވަނީ އިތުރު އަޑުއެހުމެއް ބާއްވައިފަ އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ފަނޑިޔާރު މަހާޒުގެ ރައުޔު އިއްވަމުން ވިދާޅުވީ، މި މައްސަލައިގައި ތަހުގީގު މަރުހަލާގައި ދީފައިވާ ގާނޫނީ އިންޒާރުގައި މަނީލޯންޑްރިންގެ ތުހުމަތުކުރެވޭ ކަމަށް ބުނެފައިނުވާކަމަށް ޔާމީންގެ ފަރާތުން ބުނިނަމަވެސް، ވަކީލުންގެ ހާޒިރުގައި ސޮއިކޮށްފައިވާ ބަޔާނުގައި މަނީލޯންޑްރިންގެ ކުށުގެ ވާހަކަ ބަޔާންކޮށްފައިވާކަމަށެވެ.

ފަނޑިޔާރު މަހާޒް ވިދާޅުވީ އެސްއޯއެފް އަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލޯންޑާ ކުރުމަށް ބޭނުންކުރި އެންމެ ވަރުގަދަ އާލާތްކަމަށް ބުނާއިރު އެކުންފުނީގެ މައްޗަށް ދައުވާއެއް ކޮށްފައި ނެތުމަކީ ހައިރާންވިކަމެއް ކަމަށެވެ.

މިއަދު ކުރި ހުކުމުގައި ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމާމެދު ވަނީ ސުވާލު އުފައްދާފަ އެވެ. ސަބަބަކީ އެ ފައިސާގެ ޗެކު ނަންބަރު ތަފާތުވެފައި އޮތް އަތޮމަކީ ކްރިމިނަލް ކޯޓާއި ހައިކޯޓަށް ފާހަގަވާން ޖެހޭ ކަމެއް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އަދި ޗެކު ނަންބަރާ ގުޅޭގޮތުން ދައުލަތާ ސުވާލު ކުރުމުން ސާފު ޖަވާބެއް ދީފައި ނުވާ ކަމަށް ވެސް ހުކުމްގައި ބުނެ އެވެ.

އަދި މި އެއް މިލިއަން ޑޮލަރުގެ ހަގީގަތް ހޯދުމަށް ތަހުގީގެއް ހިންގައި އެ ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ނަމަ ދައުލަތަށް ނެގުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށް ހުކުމުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: