ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެ ނިންމުމުން އެނގެނީ ފަނޑިޔާރުގެ މިނިވަންވެފައިވާކަން: އިޔާޒް

ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ސްޕްރީން ކޯޓުން ކޮށްފައިވާ ހުކުމުން ހާމަވެގެން ދިޔައީ، ރާއްޖޭގެ ފަނޑިޔާރުގޭގެ މިނިވަންކަން އޮތް މިންވަރު ކަމުގައި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޔާމިންގެ މައްޗަށް 2019 ނޮވެމްބަރު 28 ވަނަ ދުވަހު ފަސް މިލިއަން ޑޮލަރުން ޖުރިމަނާ ކޮށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އޭގެ ދެ އަހަރު ފަހުން މިއަދު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށްފައެވެ.

މިކަމާ ގުޅިގެން އިޔާޒް ވިދާޅުވީ މިއަދު ސުޕްރީމް ކޯޓުން ނިންމި ނިންމުމުން އެނގެނީ ފަނޑިޔާރުގެ މިނިވަންވެފައިވާކަން ކަމަށާއި ސަރުކާރަށް ޝަރީޢަތުގެ ތެރެއަށް ނުވަދެވޭނެކަން ކަމަަށެވެ.

ހުކުމް ބާތިލުކޮށް ޔާމީން މިނިވަން ކުރުމުން، އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ހިމެނޭ ސަރަހައްދަށް އެއްވެ އުފާފާޅުކުރަން ފަށާފައެވެ. އަދި އެމަނިކުފާނު އެނބުރި ގެކޮޅަށް ވަޑައިގެންނެވުމުން މަރުހަބާ ކިޔާފައިވަނީ ރަތް ދޫލައިގައެވެ.

ވޮޑަމުލާގެ މައްސަލައިގައި ސުޕްރީމް ކޯޓުން ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކުރިއިރު, ވ. އާރަށް އަދި ރ. ފުއްގިރިގެ މައްސަލައިގައިވެސް ރައީސް ޔާމީންގެ މައްޗަށްވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: