ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޯރުކޮށްދޭ ރައްކާތެރިކަމުގެ ސަބަބުން އާންމުންނަށް އުނދަގޫވާނަމަ މައާފަށް އެދެން: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއަށްފަހު އެމަނިކުފާނަސް ފޯރުކޮށްދޭ ރައްކާތެރިކަމުގެ ސަބަބުން އާންމުންނަށް އުނދަގޫވާނަމަ މައާފަށް އެދޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މެއި ހަވަނަ ދުވަހުގެރޭ ދިން ހަމަލާއަށްފަހު އެމަނިކުފާނަށް ފޯރުކޮށްދޭ ސެކިޔުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ބައެއް އާންމުންނަށް އުނދަގޫވަމުންދާކަމުގެ ޝަކުވާތައް އަންނަމުންދެއެވެ. ކެނެރީގޭ ކުރިމަތިން ޓޭޕް ދަމައި ބަންދުކުރުމަކީ ގަސްތުގައި އާންމުންނަށް އުނދަގޫކުރުމަށް ކުރާ ކަމެއްތޯ މީހަކު ކުރި ސުވާލުގެ ޖަވާބުގައި ރައީސް ނަޝިދު ވިދާޅުވީ އެކަން އެގޮތަށް ކުރަންޖެހޭތީ ހިތާމަކުރައްވާ ކަމަށެވެ.

މީހުންނާއި ވަކިވެ، މީހުންނަށް ނުފެންނަ ގޮތަށް އުޅުމަަކީ އެމަނިކުފާނު ބޭނުންފުޅުވާކަމެއްނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނުގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް އެދޭ ކަމަށާއި އެހެންނަމަވެސް އެކަމުގެ ސަބަބުން އެހެންބަޔަކަށް އުނދަގުލެއް ވާން ނޭދޭކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑު ދޫކޮށްލާފައި ހިނގާ ބަލަމާ މަޖިލީހުގެ ރައީސް، ގައުމުގެ ރައީސް ނުވަތަ އުއްތަމަ ފަނޑިޔާރު ޓެރަރިޒްމް ޝިކާރައަކަށް ދޫކޮށްލުން އެއީ އެންމެ ރަނގަޅު ގޮތްތޯ އެއީ ރާއްޖޭގެ މަސްލަހަތު ގޮތްތޯ؟ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތްތޯ؟؟” ރައީސް ނަޝީދު

ރައީސް ނަޝިދު ވިދާޅުވީ ދިވެހި ދައުލަތް ހައިބަތާއެކު ހިންގުމަކީ، އެއީ ރައްޔިތުން ބޭނުންވާނެ ގޮތެވެ. އެހެން ބަޔަކަށް ވަމުންދާ އުނދަގޫތަކަށް މައާފަށް އެދޭކަމަށާއި އެހެންނަމަވެސް އެމަނިކުފާނުވެސް ދިރިހުރުމަށް އެދޭތީ ސަލާމަތާއި ރައްކާތެރިކަން ބޭނުންފުޅުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: