ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމިނަކީ ސިކުނޑީގެ އާލަސްކަންފުޅު ވަރަށް ބޮޑަށް ހުންނަ ބޭފުޅެެއް: އަނދުން ހުސެއިން

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ ވަރަށް ބޮޑަށް ސިކުނޑީގެ އާލާސްކަންފުޅު ހުންނަ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެނވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީ ގެ ‘ޙަބަރަށްފަހު’ ޕްރޮގްރާމުގައި ވާހަކަދައްކަމުން ހުސައިން ޝަހީމް ވިދާޅުވީ ރައީސް ޔާމީން އަކީ ގިނަ ފަހަރު އެމަނިކުފާނު ދައްކާ ވާހަކަ ހަނދާން ނުހުންނަ ސިކުނޑީގެ ބަލިމަޑުކަމެއް ހުންނަ ބޭފުޅެއްކަމަށެވެ.

ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ އިދިކޮޅުގެ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ސަރުކާރަށާއި އެމްޑީޕީގެ ކެމްޕޭނު އެކި ސްލޯގަން ތަކަށް ފާޑު ވިދާޅުވެފައިވުމުން ރައްދު ދިނުމުގެ ގޮތުންނެވެ. އެގޮތުން ޖަލސާގައި ވާހަކަ ދައްކަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީއަށް ކުރެވޭހާ ކަމަކީ މޮޅެތި ސްލޯގަންތައް ހެދުން ކަމަށެވެ. އަދި އެމްޑީޕީއަކީ އެއްވެސް ކަމެއް ކުރެވިފައިނުވާ ޕާޓީއެއް ކަމަށާއި ކަމެއް ނުކޮށް މޮޅެތި ވާހަކަތައް ދައްކާ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ސިފަކުރެއްވިއެވެ.

ރައީސް ޔާމިނަށް ރައްދު ދެމުން ޝަހީމް ވަނީ، ރައީސް ޔާމީން އިންޑިއާގެ އަޒަކަރިއްޔާ ރާއްޖެއިން ފޭބުމަށް ގޮވަމުން ދަނީ އެއީ ރައީސް ޔާމީނުގެ ސަރުކާރުގައި ރާއްޖެ ތިބި ބަޔަކަށް ވީ އިރު އެސަރުކާރުން އިނޑިއާ ސިފައިން ނުބޭލީ ކީއްވެތޯ ސުވާލު އުފައްދާފައެވެ. އަދި ރައީސް ޔާމިނުގެ ވެރިކަން ނިމިގެން ދިޔައީސް ރައީސް ނަޝީދުގެ ވެރިކަން ވެއްޓިގެން ދިޔަފަދަ ކުއްލި ގޮތަކަށް ނޫން ކަމަށާއި، 5 އަހަރުގެ ދައުރެއް ފުރިހަމަ ކޮށްފައި ކަމަށްވާ އިރު، އިނޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ނުކުރެވުނީ ކީއްވެތޯވެސް އޭނާ ސުވާލު އުފެއްދެވިއވެެ.

ޖަލްސާގައި ވާހަކަ ދައްކަމުން، ދިވެހި ރައްޔިތުންނަށް ރައީސް ޔާމީނުގެ ސަރުކާރުގައި 104،000 ވަޒީފާ ދިން ކަމަށް ބުނެ ރައީސް ޔާމިން ދެއްކެވި ވާހަކަތަކަށް ޝަހީމް ވަނީ ދޮގު ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމިނުގެ ސަރުކާރުގައި ވަޒީފާ ދިނުމުގެ ބަދަލުގައި ކުރެވުނު ކަމަކީ ވައްކަން ފޮރުވުމަށް ސިޔާސީ ލީޑަރުންނާއި އެހެނިހެން އިސްވެރިން ބަންދުކޮށްލުމެވެ.

ސަރުކާރަށް ފާޑު ވިދާޅުވަމުން ، ރައިށް ސޯލިހުގެ ސަރުކާރަކީ ޖައްބާރު ސަރުކާރެއް ކަމަށް ރައީށް ޔާމިން އިޝާރާތް ކުރައްވާފައި ވާއިރު، ޝަހީމް ވަނީ ރައީސް ޔާމިނަށް ‘ޖައްބާރު’ ގެ މާނަ ސާފު ނުވާ ކަމަށް ވިދާޅުވެފައެވެ. ކުރީގެ ސަރުކާރުން ނޫސްވެރިންނަށް ލިބިފައިވާ ހައްގުތައް ހަނިކަމަށާއި، މުޒާހަރާ ފަދަ ހަރަކާތްތައް ބަލަންދާ ނޫސްވެރިން ބަނދު ކުރެވޭ ވާހަކަ ޝަހީމް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ޓީވީ ޗެނަލަކުން ސިޔާސީ މުޒަހަރާއެއް ގެންނަ ނަމަ، ފަހު ދުވަހު އެތަނެއް ރޯކުރުމުގެ އިތުރުން، ނޫސްވެރިންނަށް މައްސަތައް ރިޕޯޓު ނުކުރެވޭ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދިވެހި ރާއްޖޭގެ ޖުޑިޝިއަރީ ނިޒާމަށް އަލިއަޅުވައި ޝަހީމް ވިދާޅުވީ، ރައީސް ޔާމިނުގެ ސަރުކާރުން އޭރު ތިއްބެވި އިސް 3 ފަނޑިޔާރުން ބަންދު ކޮށް، 3 ފަހަރު ޑިފެންސް މިނިސްޓަރ ބަދަލުކުރެވި، ރައީށް ޔާމީނުގެ ނައިބު 3 ފަހަރަށް ބަދަލުކުރުމާއި އެކު، ޗީފް އޮފް ޑީފެންސް އާއި ޕޮލިސް ކޮމިޝަނަރ 3 ފަހަރަށް ބަދަލުކުރުމުގެ ސިއްރަކީ، އޭރު ސަރުކާރުގެ ތެރޭގައި ހުރި މައްސަލަތަކާއި ކުރަމުން ދިޔަ ވައްކަމާއި ބެހޭ ގޮތުން އަޑު އުފުުލުމުން، ބިރު ދެއްކުމުގެ ގޮތުން ކަމަށެވެ.

މިފަދަ ގޮތަކަށް ސަރުކާރު ހިންގަވާފައިވާ ފަރާތަކުން، ރައީސް ސޯލިހުގެ ސަރުކާރު ޖައްބާރު ކަމަށް ބުނެވޭ ވަރު ނުވާ ކަމަށް ޝަހީމް ވިދާޅުވިއެވެ. ރައީސް ސޯލިހުގެ ސަރުކާރުގެ ކަންތައް ހިންގުން ހީނަރުވެފައިވާ ކަމަށް ވެސް ރައީސް ޔާމިނަށް ނުބުނެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

” ޖައްބާރު ވެރިކަމެއް ކޮށްފައި ފައިބާހުރި މީހަކު، ޕޯޑިއަމުގެ ވާހަކަދައްކާ އިރު ނޭގޭ ތިމަންނަ އަށް ކުރެވުނީވެސް ޖައްބާރު ވެރިކަމެއް ކަން” ޝަހީމް

ޖަލްސާގައި ވާހަކަދައްކަމުން ރައީސް ޔާމީން ދެއްކެވި ވާހަކަތަކަކީ ދިވެހި ރައްޔިތުން އޮޅުވާލަން ދައްކާ ދޮގު ވާހަކަތަކެއް ކަމަށް ބުނަމުން ޝަހީމް ވިދާޅުވީ ރައީސް ޔާމިން އަކީ ކުރެވޭ އަދި ބުނެވޭ ބަހެއް ވެސް ހަނދާނުގައި ހުންނަ ބޭފުޅެއް ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: