ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާ ވޭރިއަންޓަށް ސަމާލުވާން އެޗްޕީއޭއިން އިލްތިމާސްކޮށްފި

ކޮވިޑް ރެންޑަމް ސާމްޕަލް ނެގުމަށް މީހުން މަޑުކުރުވަން ފުލުހަކު ހަރަކާތްތެރިވަނީ/ ފޮޓޯ: އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިގެ އާ ވޭރިއަންޓް، “އޮމިކްރޯން” އާ ގުޅިގެން އިތުރަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ކޮވިޑް-19 ގެ އާ ވޭރިއަންޓެއް ކަމުގައިވާ އޮމިކްރޯން އަކީ “ވޭރިއަންޓް އޮފް ކޮންސަރން”އެއްކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާކަމަށެވެ.

ރާއްޖެއިންވެސް މި ވޭރިއަންޓަށް މީހަކު ޕޮޒިޓިވް ވެފައިވާއިރު، އެޗްޕީއޭއިން ބުނެފައިވަނީ ރާއްޖެއިން ފެނިފައިވާ ކޭސްއަކީ ސައުތު އެފްރިކާއިން ރާއްޖެއައި ފަތުރުވެރިއެއްގެ ފަރާތުން ފެނިފައިވާ ކޭސްއެއްކަމަށެވެ. އެގޮތުން އެ ފަތުރުވެރިޔާ ރާއްޖެއަށް އައިސްފައިވަނީ ނޮވެމްބަރު 21 ވަަނަ ދުވަހު ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިކޭސްގެ ވޭރިއަންޓާބެހޭ މައުލުމާތު ލިބިފައިވަނީ ބޭރިއަންޓް ދެނެގަތުމަށްޓަކައި ޖިނޯމިކް ސިކުންސިންގ ހެދުމަށް ރާއްޖެއިން ބޭރަށް 30 ނޮވެމްބަރުގައި ފޮނުވުނު ސާމްޕަލްތައް ޓެކްޓުކުރުމުން ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

“ޖިނޯމިކް ސިކުއެންސިން ހެދުމަށްޓަކައި ޤަވާއިދުން ވަކި އަދަދެއްގެ ސާމްޕަލްތައް ޑަބްލިއުއެޗްއޯގެ އެހީގައި ދަނީ ޓެސްޓް ކުރަމުންނެވެ. ރާއްޖެއިން ޖިނޯމިކް ސިކުއެންސިން ހެދިފައިވާ ސާމްޕަލްތަކުގައި އާންމުކޮށް ފެނިފައިވަނީ ޑެލްޓާ ވޭރިއަންޓެވެ.” އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން ވަނީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ހުރިހާ ފަރާތްތަކަކުންވެސް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.

އަދި އާވޭރިއަންޓްގެ ސަބަބުންނާއި ބަލިން ރައްކާތެރިވުމަށް ފަރުވާ ކުޑަވުމުގެ ސަބަބުން ބަލިފެޔުރުން އިތުރުވެ ކޮވިޑް-19 ގެ އިތުރު ރާޅެއް އައުމުން ސަލާމަތްވުމަށް އެންމެންގެ އެއްބާރުލުން މުހިންމުކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: