ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ މުސްތަގުބަލުގައި ބްރިޖު އެޅުމުގެ މަޝްރޫއުތައް އެމްޓީސީސީއިން ހިންގުން: އާޒިމް

ކުންފުނީގެ ސީއީއޯ އާދަމް އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަމާޒަކީ މުސްތަގްބަލްގައި ރާއްޖޭގައި ހިންގާން ބްރިޖު އެޅުމުގެ މަޝްރޫއުތައް އެމްޓީސީސީއިން ހިންގުންކަމަށް ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓްރީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ ބްރިޖްު އެޅުމުގެ މަޝްރޫއުތަކަށް ބޭނުންވާނެ ޒުވާނުން ތަމްރީންކުރުމުގެ މަސައްކަތްވެސް މިވަގުތު ފެށިގެން ކުރިއަށްދާ ކަމަށެވެ. މިކަމަށް ބޭނުންވަކީ ހުނަރުވެރި ޒުވާނުންތަކެއް ބިނާކުރުން ކަމަށާއި ރަނގަޅު ތަމްރީންތަކެއް ދެވިއްޖެނަމަ ރާއްޖޭގެ ކުންފުނިތަކުން ދިވެހިން ބޭނުންކޮށްގެން މިފަދަ މަޝްރޫއުތައް ހިންގޭނެކަމަށެވެ. އަދި ރާއްޖޭގެ ކުންފުނިތަކަށް ދުނިޔޭގެ އެހެން ގައުމުތަކުގެ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ޓެކްނިކަލް ދާއިރާއަށް މީހުން ހޯދުމަށް ދަތިތަކާއި ކުރިމަތިވާ ކަމަށެވެ. އެމްޓީސީސީއަކީ މިސަރަހައްދުގައި އޮތް އެންމެ ބޮޑު ފްލީޓް ކަމަށާއި ހެވީ އިކުއިޕްމަންޓް އޮޕަރޭޓް ކުރުމަށް ބޭނުންވާ އަދަދަށް މީހުން ނުލިބޭކަމަށް އާޒިމް ވިދާޅުވިއެވެ. މިވަގުތު މިފަދަ ޓެކްނިކަލް މަސައްކަތް ކުރުމަށް ގިނައީ ބިދޭސީން ހަރަކާތްތެރިވާ މިންވަރު ކަމަށާއި މިފަދަ މަސަައްކަތްކުރުމަށް ހަރަކާތްތެރިވާ ދިވެހިންގެ އަދަދު އިތުރުކުރުމަކީ ކުންފުނީގެ އަމާޒެއްކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މައިންބަފައިންވެސް މިފަދަ ވަޒީފާތައް އިހްތިޔާރުކުރުމަށް ބާރު އަޅަންޖެހޭކަމަށް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރަނގަޅު ވަޒީފާގެ މާހައުލެއް ހޯދައިދިނުމުގެ އިތުރުން ރަނގަޅު އުޖޫރައެއް ދިނުމަށްޓަކައި މުސާރަ ދިނުމުގެ އުސޫލުވެސް ރިވައިޒްކުރެވިފައިވާ ކަމަށެވެ. އާދައިގެ ހެވީ ވެހިކަލް ދުއްވާނަމަ މަދުވެގެން 15000 ރުފިޔާ ލިބޭގޮތަށް އުސޫލު ބަދަލުކުރެވިފައިވާއިރު ހުނަރުތައް ތަރައްގީކުރާ މިންވަރަކުން 28000 ރުފިޔާއާއި ހަމައަށް މުސާރަ ގެންދިޔުމުގެ ފުރުސަތު އޮންނާނެކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ ވަޒީފާތަކަށް ކުރިމަތިލުމަށް އޯ ލެވެލް ސެޓިފިކެޓް އޮތުމަކީ މަޖްބޫރު ކަމެއް ނޫން ކަމަށާއި އޯ ލެވެލްއިން ރަނގަޅު ނަތީޖާއެއް ނުލިބުނުކަމުގައިވިޔަސް ހުނަރުތައް ތަރައްގީކޮށް ވަޒީފާ އަދާކުރެވޭނެކަމަށް އާޒިމް ވިދާޅުވިއެވެ. ކުންފުނީގެ އަމާޒަކީ ރަނގަޅު އާއިލާއެއް ބިނާކުރުމުގެ ފުރުސަތު ޒުވާނުންނަށް ފަހިކޮށްދިނުންކަމަށް އާޒިމް ވިދާޅުވިއެވެ. ކުންފުނީގެ ބައެއް މަސައްކަތްތަކުގައި ބިދޭސީން ހަރަކާތްތެރިވާ މިންވަރު ގިނަކަން ފާހަގަކުރައްވައި އާޒިމް ވަނީ ދިވެހި ޒުވާނުންތަކެއް ބިނާކުރެވިއްޖެނަމަ ކުންފުނީގެ މަސައްކަތުގައި ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު މަދުކުރެވޭނެކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: