ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އައުޓް ކެމްޕެއިން ފުޅާކުރަން ރައީސް ޔާމީން އަތޮޅުތެރެއަށް ވަޑައިގަންނަވަނީ

މިރޭގެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެޑައިގަންނަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރަން ގޮވާލާ އިދިކޮޅު ފަރާތްތަކުން ފަށާފައިވާ “އިންޑިއާ އައުޓް” ކެމްޕޭން ޕެޓިޝަނަށް ސޮއި ހޯދަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރަށްރަަށަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ޕީޕީއެމްގެ އޮފީހުގައި ރޭ އޮތް ޖަލްސާއެއްގައި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާޢު ވިދާޅުވީ ޕެޓިޝަނަށް ސޮއި ހޯދުމަށް އެމަނިކުފާނާ ރަށްރަށަށް ދަތުރުކުރައްވަން ހަމަޖެހިފައި ވާ ކަމަށާއި އެ ދަތުރުގައި އިދިކޮޅުގެ އިސްވެރިން ވެސް ބައިވެރިވާނެ ކަމަށެވެ.

ޝުޖާޢު ވިދާޅުވީ މިދަތުރުތަކުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން ރާއްޖެ އިން ބޭރުކުރަން ގޮވާލައި، އިދިކޮޅުން އިސްވެ ފަށާފައިވާ ހަރަކާތުގެ ދަށުން “އިންޑިއާ އައުޓް” ޕެޓިޝަނަށް ސޮއި ހޯދުމަށް ކަމަށެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ”ސަންގަށް” މިއަދު ވިދާޅުވީ މި ދަތުރުތައް ފަށާނެ ސިދާ ދުވަސް ޕާޓީން އަދި ނުނިންމާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: