ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމް ދީނާ ދެކޮޅު ފޮތެއް ވިއްކާ މައްސަލަ ބަލަނީ

އިސްލާމިކް އެފެއާޒް.. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމް ދީނާ ދެކޮޅު ފޮތެއް ރާއްޖޭގައި ވިއްކާ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފިއެވެ.

ޓްވިޓާގައި މީހަކު ކުރި ޕޯސްޓެއްގައި ބުނީ އޭނާ އެ ފޮތް ގަތީ އިސްލާމްދީނުގެ މައުލޫމާތު ހޯދަން ކަމަށާއި ނަަމަވެސް އެ ފޮތުގައި ހުރީ އިސްލާމްދީނުގެ އުސޫލުތަކާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އެގޮތުން އެ ފޮތުގައި ހުރިހާ ދީންތަކެއް އެއްކޮށްލަން ހިތްވަރު ދީފައިވާ ކަަމަށް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިިނިސްޓްރީން ބުނީ އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އަދި ބަލަން ޖެހޭ ކަންކަން ބަލާނެ ކަމަށެވެ.

މި މައްސަލަ މަދަނީ ޖަމިއްޔާތައް ހިމެނޭ ރައްޔިތުންގެ އިއްތިހާދުން މިހާރު ވަނީ ފުލުހުންނަށް ވެސް ހުށަހަޅާފައެވެ.

އާއްމުންގެ އިއްތިހާދުން ފުލުހުންނަށް ފޮނުވި ސިޓީގައި ވަނީ އައު ދީނެއް އުފައްދަން އުޅޭ މީހެއްގެ ފޮތެއް ރާއްޖޭގެ ފިހާރައެއްގައި ވިއްކަން ހުރި މައްސަލައެއް މީސްމީޑިއާ އިން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މިކަންކަމަކީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރާ ޤާނޫނުގެ ދަށުން އެޤާނޫނު ތަންފީޒު ކުރުމަށް ހަދާފައިވާ ޤަވާޢިދު ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤަވާޢިދުގެ 4 ނަންބަރު މާއްދާގައި، ދީނީ ތަޤްރީރު ކުރުމާއި ދީނީ ވާހަކަ ދެއްކުމުގައި އިސްލާމީ ވަޙްދަތު ދެމެހެއްޓުމުގެ ނުކުތާ (ދިވެއްސަކު ކަމުގައި ވިއަސް، ދީން ބަޔާންކޮށްދީ ހަދަންވާނީ އިސްލާމީ ޢަޤީދާއާ ފުށުނާރާ ގޮތަށް އިސްލާމީ ވަޙްދަތު ދެމެހެއްޓުމާއި އެކުގައެވެ) އާއި، ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނުގެ 4 ވަނަ މާއްދާ އާއި ވެސް ޚިލާފު ބޮޑުވެގެންވާ ކުށެއް ކަމަށެވެ.

އެހެންކަމުން މިކަން ތަޙްޤީޤުކޮށް، ބައްލަވައި ދެއްވައި އެކަމުގައި ޤާނޫނީ ގޮތުން ޒިންމާވާ ފަރާތްތަކާއި އިހްމާލުވާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ސިޓީގައި އެދިފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: