ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެމްކޯއިން 29 ފަރާތަކަށް ތަމްރީނު ދިނުމަށް އެމްއޯޔޫ އެއް ސޮއިކޮށްފި

އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ވެމްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 29 ފަރާތަކަށް ތަމްރީނު ދިނުމަށް ވެމްކޯ އާއި މިނިސްޓްރީ އޮފް ޔޫތުން އެމްއޯޔޫ އެއް ސޮއިކޮށްފި އެވެ.

މިއެމްއޯޔޫގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދެވެ. އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙުސައިން އިސްމާޢީލެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ޙުސައިން އިސްމާޢީލް ވިދާޅުވީ، މި ޕްރޮގްރާމަކީ ސަރުކާރުން ޒުވާމުންނަށް ފުރުސަތުތަކެއް ހުޅުވަދީގެން ހުނަރުވެރި ތަމްރީނު ދިނުމަށްޓަކާއި ޔޫތު މިނިސްޓްރީއާއި މިނިސްޓްރީ އޮފް ހަޔާރ އެޑިއުކޭޓަނާއި މޯލްޑިވްސް ސިކްލް ޑިވެލޮޕްމެންޓް އޮތޯރިޓީއާއި ގުޅިގެން ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އެހެންކަމުން ވެމްކޯއިން މިދިން ފުރުސްތުގައި 29 ފުރުސަތެއް ހިމެނިގެންދާ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ޔޫތު މިނިސްޓްރީގެ ޓާގެޓަކީ 3،000 (ތިން ހާސް) ކުދިންނަށް ކުރިއަށް އޮތް 1 އަހަރު ދުވަސްތެރޭގައި ވަޒީފާގެ ފުރުސަތު ހޯދައިދީ އެކުދިންނަށް ތަމްރީން ދިނުން ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިރަސްމިއްޔާތުގައި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވެފައިވަނީ، މިމަސައްކަތަށް އެހާއުދަގޫ ދަނޑިވަޅެއްގައި ވެސް މިވަންނަން ބޭނުންވި އެންމެ މުހިންމު އެއް މަގްސަދަކީ ޒުވާނުންނަށް ފުރުސަތި ފަހިވެފަ އޮންނަ މާހައުލަކަށް ހޭނިފަތިބި ބަޔަކަށް ހެދުމަށް ކަމަށެވެ. އަދި ދައުލަތުގެ މިފަދަ ކުންފުނިތަކުގެ ތެރޭގައި މަސައްކަތްކޮށްގެން މަސައްކަތުގެ މާހައުލަށް ހުރިހާ ޒުވާނުން ތަމްރީން ކުރެވި އެފާރާތްތަކުން ކުރާ މަސައްކަތަކީ ކޮންމެވެސް ލެވެލްއެއްގެ ހިތްހަމަޖެހުމެއް ލިބިގެންވާ ފަރާތްތަކަށް ހެދުމަށް ކަމަށް ވެސް ވެމްކޯގެ އެމްޑީ ވިދާޅުވެފައިވެއެވެ.

މިއަދާ ހަމައަށް އާއިއިރު، ޒުވާނުންގެ ތެރޭގައި ޢަމަލީ ޢިލްމުހުރި އަދި އަމލީގޮތުން އިންޖީނިއަރިންގ ގެ މަސައްކަތް ކަހަލަ މަސައްކަތް ވަރަށް ރަނގަޅަށް ބޭރުން ކިޔަވައިގެން އައިސްތިބި ފަރާތްތަކަށްވުރެ މޮޅުކަމުގައި ވީނަމަވެސް، އެފަރާތްތަކުން ކުރާ މަސައްކަތާއިމެދު ހިންހަމަޖެހިގެން ތިބި ފަރާތްތަކަކަށް ނެވެއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މަގްސަދަކީ، މިހާލަތުގައި ތިބި ފަރާތްތަކަށް އަދި ޒުވާނުންގެ ތެރޭގައި މިފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް މިފުރުސަތު ހޯދައިދިނުން ކަމަށްވެސް ވެމްކޯގެ އެމްޑީ ވަނީ ވިދާޅުވެފައެވެ. މިގެއިތުރުން، ވެމްކޯއަށް އަލަށް ލިބެންހުރި ވަރަށް ގިނަ އާވައްތަރުގެ މެޝިނަރީސްތަށް ވަކިން ހާއްސަކޮށް ގްރޭޓަރ މާލެ ސަރަހައްދުގައި ވޭސްޓް މެނޭޖްމެންޓް ޕްރެޖެކްޓްގެ ދަށުން އިންވެސްޓް ކުރަމުންދާ ކަމަށް ވެސްވެއެވެ.

އެހެންކަމުން އެއަށް ބޭނުންވާ މުވައްޒަފުންނަކީ ޓެކްނިކަލް ބެކްގްރައުންޑެއް ހުރި އަދި ރަނަގޅަށް ތަމްރީނު ދީފައިވާ ފަރާތްތަކަށް ހަދައި ވަޒީފާގެ މާހައުލަށް ނެރުމަކީ ވަރަށް މުހިންމު ކަމަކަށް ވެފައިވެއެވެ. މީގެ އިތުރުން ވެމްކޯގެ މަގްސަދަކީ، މިޕްރޮގްރާމުގެ ތެރެއިން އިތުރު އހެން 2 ޕްރޮގްރާމަކަށް ދިއުންކަމަށް ވެސް ވެމްކޯގެ އެމްޑީ ވިދާޅުވެފައި ވެއވެ. އަދި ރާއްޖޭގެ ވޭސްޓް މެނޭޖްމެންޓް ދައިރާގައި ތިބި ހުރިހާ ފަރާތްތަކަކީވެސް ނޭޝަނަލް ލެވެލްގެ ސެޓިފައިޑް ސްކިލްޑް ލޭބަރ ކެޓަގަރީއަކަށް ވެމްކޯގެ މުއައްޒަފުން ކުރާ މަސައްކަތް ބަދަލުވެގެން ދިއުމަކީ ވެމްކޯގެ ވަރަށް ބޮޑު އުންމީދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: