ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތިޔާރާއެކު ސިފައިންގެ ތަމްރީނެއް އައްޑޫގައި

ސިފައިންގެ ތަމްރީނުތަކެއްގެ ތެރެއިން. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ސިފައިން ކުރިއަށް ގެންދަން ނިންމާފައިވާ ނައިޓް ފަޔަރިން ތަމްރީން ހިނގަމުންދާ ދުވަސްވަރު ދަތުުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އިލްތިމާސް ކޮށްފި އެވެ.

އައްޑޫ ސިޓީ ގަމުގައި ހުންނަ ސިފައިންގެ ޓްރޭނިންގ ސެންޓަރުގައި މިމަހުގެ 12 އިން 18 އަށް ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އިރުއޮއްސި 6:30 އިން ރޭގަނޑު 11:00 އަށެވެ.

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތް:

1. ބޭނުންކުރާ ހަތިޔާރު / ޕައިކޯޓެކްނިކްސް: 9 އެމްއެމް ބްރައުނިން ޕިސްޓަލް
2. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިން: 1700 މީޓަރު
3. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 200 މީޓަރު
4. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ ލެވެލް
5. ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ގަން ޓްރޭނިން ސެންޓަރުގެ ރޭންޖްއިން ހުޅަނގު ދެކުނު

މި ސަރަހައްދުން ދަތުރުފަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދީގެން ދަތުރުފަތުރު ކުރުމަށް ޓްރާސްޕޯޓް އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: