ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ގައުމުތަކާއި ގުޅުންބަދަހިކުރުމަކީ ޓެރަރިސްޓުން ރުހޭނެކަމެއް ނޫން: ރައީސް

މަސްވެރިންގެ ޚާއްސަ ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް އަވަށްޓެރި ގައުމުތަކާއި ގުޅުން ބަދަހިކުރުމަކީ ޓެރަރިޒްމްގެ އަމަލުތައް ހިންގާ މީހުން ރުހޭނެކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. ރައީސްގެ ވާހަކަފުޅުފައި ރާއްޖެއަކީ އިންޑިޔާ ކަނޑުގައި އޮތް ކަނޑުގެ ސަރަހައްދު ބޮޑު ޖަޒީރާ ގައުމެއްކަން ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ބަދަލުވަމުންދާ ދުނިޔޭގެ އޮއިވަރާއި، ކާރޫބާރޫގެ ތެރެއިން އުފެދެމުންދާ ނުރައްކާތެރި އުދަބާނީ ރާއްޖޭގެ ހުރަހަށާއި ދިގަށް ހިނގާ ކަމަށެވެ. ބައިނަލްއަގްވާމީ ބޮޑެތި ޑްރަގް ނެޓްވޯރކްތަކުން އަބަދާއި އަބަދު ހަރަކާތްތެރިވާ ކަމަށާއި ޓެރަރިޒްމްއާއި އެހެނިހެން ވަގުވިޔަފާރިއާއި ހަތިޔާރުގެ ޣައިރު ގާނޫނީ މުއާމަލާތަށް މި ކަނޑުގައި ޖާގަ އޮންނަކަމަށް ރައީސް ވިދާޅުވިއެވެ.

“ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އަވަށްޓެރި ގައުމުތަކާއި ގުޅުން ބަދަހިކުރުމަކީ މިދެންނެވި މީހުން ރުހޭނެ ކަމެއް ނޫން. ރާއްޖޭގެ ސަރަހައްދު، އެއްގަމާއި ކަނޑާއި ވައިގެ މަގުން ބެލެހެއްޓޭނެ ވަރުގެ މަދަދެއް ރާއްޖެއަށް ލިބުމަކީ ކުށްވެރިންނަށް ކެތްވާނެ ވަރުގެ ކަމެއްނޫން” ރައީސް

ރައީސް ވިދާޅުވީ ދިވެހި ދައުލަތުގެ ބެލުމުގެ ދަށުގައިވާ އެއްގަމާއި ކަނޑާއި ވައިގެ ސަރަހައްދު މިފަދަ ބޭނުންތަކަށް ދޫނުކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލަކީ މަސްދޯނި ފަހަރަށްވުރެ ޑްރަގްބޯޓުފަހަރު ގިނަވާން ދޫކޮށްލުން ނޫންކަމަށްވެސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މިސަރުކާރުން ވެރިކަމަށް އައިއިރު ރާއްޖޭގެ މަސްވެރިކަމުގެ ހާލަތާއި މިފްކޯ އޮތް ހާލަތަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި މަސްވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ރައީސް ވަނީ އަލިއަޅުއްވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: