ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސް އަހަރު ތެރޭ ބޭނި މަހަށް އަގު ދިނިން، ބޭނި ހުރިހާ މަސް ކިރައިދިނިން: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގެ ފަސް އަހަރުތެރޭ މަސްވެރިން ބާނާފައިވާ މަހުގެ އަގު މަސްވެރިންނަށް ވާނީ ދީފައިކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އިދިކޮޅުން ކުރިއަށްގެންދިޔަ ކޮތަރު ކޮށި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މަސްވެރިންނަށް ވެފައިވާ ވައުދުތަކާއި އެވައުދުތައް ފުއްދާފައިވާ މިންވަރަށް އަލިއަޅުއްވާލައްވާފައެވެ. އަދި މަސްވެރިކަމުގެ ދާއިރާއިން ރައީސް ޔާމީންގެ ސަރުކާރަށް އަމާޒުކުރެއްވި ފާޑުކިޔުންތަކަށް ވެސް ރައީސް ޔާމީން ރައްދުދެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއިން އެމަނިކުފާނުގެ ވެރިކަމުގައި ކުރެއްވި މަސައްކަތުގެ ވާހަކަ ދައްކަވާނީ ތަފާސްހިސާބުތަކާއެކު ކަމަށެވެ. އެހެންކަމުން ސަރުކާރުން މިވާހަކަތަކަށް ރައްދުދޭއިރުވެސް ތަފާތުހިސާބުތަކުން ރައްދި ދިނުމަށް ވަނީ ގޮވާލާފައެވެ.

ރައީސް ޔާމީން ވިދާޅުވީ ތިން އަހަރު ތެރޭ މަސްވެރިންނަށް ކޮށްދެވުނު ހަމައެކަނި ކަމަކީ މުޅިން އަލަށް އެންމެ ދެރަށުގައި އައިސް ޕްލާންޓް އެޅުން އެކަނި ކަމަށެވެ. އެދެރަށަކީ ކ ގާފަރާއި ރ މަޑުއްވަރީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މިސަރުކާރަށް އިތުރުކޮށްދެވުނީ ސްޓޯރޭޖް ކެޕޭސިޓީގެ އެންމެ 100 ޓަނުކަމަށާއި ނިމުނު ވެރިކަމުގައި ދުވާލަކަށް 700 ޓަނު މަސް ރައްކާކުރެވޭ ވަރަށް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށްދީފައިވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މަސް ފިނިކޮށް، ތާޒާކަން މަތީ އެކްސްޕޯޓްކުރުމަށް އެންމެ މުހިންމު ކަމަކީ ރަނގަޅު ސްޓޯރޭޖް ކެޕޭސިޓީއެއް ކަމަށް ވިދާޅުވިއެވެ. ވެރިކަމާއި ހަވާލުވިއިރު ޖުމްލަ ސްޓޯރޭޖް ކެޕޭސިޓީއަކީ 2000 ޓަނުކަމަށް ވިދާޅުވިއެވެ. އެންމެ ގިނައިން މަސްބާނާ ދުވަހެއްގައި 700 ޓަނު މަސް ހިފައިގެން މަސްވެރިން އަންނަކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ފަސް އަހަރުގެ ތެރޭގައި މަސް ގަތް އަގަށްވެސް ބަދަލު ގެނެސްފައނުވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެއަގު 22 ރުފިޔާގައި ހިފަހައްޓާފައިވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މަސްވެރިން ބޭނި ހުރިހާ މަހެއް ކިރައި އެއަށް އަގު ދީފައިވާނެކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހުވެސް، ފިޝަރީޒް މިނިސްޓަރުވެސް އެންމެ ބޮޑަށް ފާހަގަކުރައްވާ ކަމަކީ މިސަރުކާރުން ވެރިކަމަށް އައިއިރު މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ހުރިކަމެވެ. އެގޮތުން މިސަރުކާރުން ވެރިކަމަށް އައިރު 39 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ނުދީ ހުރިކަން ސަރުކާރުން ފާހަގަކުރެއެވެ. އަދި އެންމެ ފުރަތަމަ ކުރަންޖެހުނު ކަމަކީ މިފްކޯގެ ހާލަތު ރަނގަޅުކުރުންކަމަށްވެސް ސަރުކާރުން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: