ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރު ހުސެއިން ވަހީދަކީ ޑިމޮކްރަސީއަށް ކުރި ދަތުރުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއް: ރައީސް

މަރްހޫމް ހުސައިން ވަހީދުގެ ހަނދާނުގައި މިއަދު މަޖިލީހުގެ އިދާރާގައި ހުޅުވި ތަޢުޒިޔާގެ ދަފްތަރުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މަރްހޫމް މެމްބަރު ހުސެއިން ވަހީދަކީ ޑިމޮކްރަސީއަށް ކުރި ދަތުރުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މަރްހޫމް ހުސައިން ވަހީދުގެ ހަނދާނުގައި މިއަދު މަޖިލީހުގެ އިދާރާގައި ހުޅުވި ތަޢުޒިޔާގެ ދަފްތަރުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގެއްލިގެން އެދިޔައީ ތެދުވެރި، އެކުވެރި، ވަފާތެރި ރަހްމަތްތެރިއެއް ކަމަށެވެ. އެއީ މަޑުމައިތިރިކަމާއި، ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކު މަސައްކަތްކުރެއްވި ބޭފުޅެއްކަމަށް ވިދާޅުވިއެވެ.އަދި ހިތްވަރުގަދަ، މަޖާ ބޭފުޅެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހޭދަކުރެއްވި ދުވަސްވަރުގެ ތެރެއިން 2009 ވަނަ އަހަރުން ފެށިގެން އެއް ދައުރު މަޖިލީހުގައި މެމްބަރު ހުސެއިން ވަހީދާއެކު ހޭދަކުރެއްވި ކަމަށެވެ. އެދުވަސްވަރަކީ އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި ނެތް ދުވަސްވަރެއް ކަމަށާއި އެއީ ދަތި ދުވަސްތަކެއްކަމަށް ވިދާޅުވިއެވެ. އެދުވަސްވަރު ޑިމޮކަރްސީއަށް ކުރި ދަތުރުގެ ނަތީޖާ ހާސިލްކުރުމަށްޓަކައި ބުރަ މަސައްކަތެއް ކުރަން ޖެހުނުކަމަށެވެ. މެމްބަރު ހުސެއިން ވަހީދަކީ އެދަތި ދަނޑިވަޅުގައި ވިސްނުންތެރިކަމާއެކު، ރަނގަޅު ލަފާ ދެއްވި ބޭފުޅެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

އެއަށްފަހު 2012 ވަނަ އަހަރު ވެރިކަން ބަދަލުވެ އިދިކޮޅު ޕާޓީގެ ގޮތުގައި މަސައްކަތް ކުރަންޖެހުނުއިރު ވަރުބަލިކަމެއްނެތި ހުރިހާ ހަރަކާތެއްގައި މެމްބަރު ބައިވެރިވެވަޑައިގެންނެވިކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމްޑީޕީއިން ކުރެއްވި މަސައްކަތުގައި ދާއިމަށް ދެމިހުންނެވިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“ހުސެއިން ވަހީދަކީ ހަމައެކަނި ސިޔާސީގޮތުން ގާތް ބޭފުޅެއް ނޫން. އޭގެ މާކުރިން ހުސެއިން ވަހީދަކީ އަޅުގަނޑުގެ ގާތް ރަހްމަތްތެރިއެއް. އަޅުގަނޑަށް ގެއްލިގެން އެދިޔައީ ތެދުވެރި، ހެޔޮއެދޭ އެކުވެރިއެއް” ރައީސް

ރައީސްގެ ވާހަަކަފުޅު ނިންމަވާލެއްވީ މެމްބަރު ހުސެއިން ވަހީދަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލިބުން އެދި ދުއާ ކުރައްވަމުންނެވެ. އަލްމަރުޙޫމް ހުސައިން ވަހީދުގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ސޮއި ކުރުން ރައްޔިތުންގެ މަޖިލީހުގެ ގޭގައި މިރޭ 9:00 އަށް ހުޅިވިފައި ހުންނާނެއެވެ.

ކެންސަރު ބަލީގައި މެމްބަރު ހުސައިން ވަހީދު އަވަހާރަވެފައި ވަނީ ފަރުވާ ހޯއްދަވަމުން ގެންދަވާތާ 2 އަހަރަށްވުރެ ގިނަދުވަސް ވެފައިވަނިކޮށް އޭނާ ހާލު ގޯސްވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގައި ދެ ދައުރު މަސައްކަތް ކުރެއްވި ހުސައިން އަކީ ގިނަ ބަޔަކު ސިފަކުރަމުން އަންނަ ގޮތުގައި އަޑުއައްސަވާ، އޯގާތެރި ބޭފުޅެކެވެ. ޑިމޮކްރަސީ ކުރިއަރުވައި ރައްޔިތުންނަށްޓަކައި މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ވެސް ފާހަގަކުރެ އެވެ. އުމުރުން 53 އަހަރުގައި ހުސައިން އަވަހާރަވި އިރު އަނބިކަނބަލަކާއި 3 ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: